Roadha Mihaaru
7 މެމްބަރުން ހިމެނޭ ޓްރައިބިއުނަލްގައި 2 މެމްބަރުން

ހަތް މެމްބަރުން ހިމެނޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ތިބީ ދެ މެމްބަރުން

25 މާޗް 2024

ވަޒީފާއާ ގުޅުންހުރި މައްސަލަތައް ނިންމާ ޓްރައިބިއުނަލްގެ ގިނަ މެމްބަރުންތަކެއްގެ ދައުރު ހުސްވިއިރު، އެ ތަނަށް މެމްބަރުން ހޯދަން އިއުލާންނުކޮށް ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީފާއާ ގުޅުންހުރި މައްސަލަތައް ނިންމާ ޓްރައިބިއުނަލްގެ ގިނަ މެމްބަރުންތަކެއްގެ ދައުރު ހުސްވިއިރު، އެ ތަނަށް މެމްބަރުން ހޯދަން އިއުލާންނުކޮށް ދިގުލައިގެން ހިނގައްޖެ އެވެ.

ހަތް މެމްބަރުން ތިއްބަވާ ޓްރައިބިއުނަލުން، އެންމެ ފަހުން އިއްޔެ ހަމަވީ އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވި އާމިނަތު އަބްދުﷲ ޒުހެއިރާއި ނައިބު ރައީސް ފާތިމަތު މަހީރާ މުހައްމަދު އަދި މެމްބަރު އަބްދުﷲ މިފްރާޒު ނިޒާރުގެ ދައުރެވެ.

މީގެ ކުރިން ވެސް ދެ މެމްބަރެއްގެ ދައުރު ހަމަވެފައިވާތީ، ޑިސެމްބަރު 29، 2008 ގައި އުފެއްދި އިދާރާގައި މިހާރު ތިއްބެވީ އެންމެ ދެ މެމްބަރުންނެވެ.

އެއީ ހަސަން އިބްރާހިމް އަދި މަރިޔަމް ރިޝްފާ އެވެ. ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެއްވި ރިޝްފާގެ މެމްބަރުކަމުގެ މުއްދަތު ހަމަވާނީ އޮގަސްޓް 10، 2026 ގަ އެވެ. ހަސަންގެ ދައުރު މާޗު 16، 2025 ގައި ހަމަވާނެ އެވެ.

ޓްރައިބިއުނަލްގެ ގިނަ މެމްބަރުންގެ ދައުރު ހަމަވިއިރު ވެސް، އެ ތަނަށް މެމްބަރުން އައްޔަންނުކުރެ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުންނަކީ ރައީސް އައްޔަންކުރައްވާ ބައެއް ކަމަށެވެ. އެހެންވެ، އެ މަގާމަށް ވަރަށް އަވަހަށް މެމްބަރުން އައްޔަންކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.