Roadha Mihaaru
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައިމިނަތު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކޮށްފި

20 ޖެނުއަރީ 2021

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، ކުރިން އެތަނުގެ ނައިބުގެ ގޮތުގައި ހުންނެވި އައިމިނަތު އަބްދުﷲ ޒުހައިރު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، ކުރިން އެތަނުގެ ނައިބުގެ ގޮތުގައި ހުންނެވި އައިމިނަތު އަބްދުﷲ ޒުހައިރު މިއަދު އައްޔަން ކުރައްވައިފި އެވެ.

ގދ. ތިނަދުއަށް އުފަން އައިމިނަތު، 2019 އިން ފެށިގެން ހުންނެވީ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ކިންސްޓަން ޔުނިވާސިޓީން މާސްޓާސް އޮފް ލޯސް ހާސިލު ކުރައްވައިފަ އެވެ. ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާ ވެސް އޭނާ ކުރިން އަދާ ކުރެއްވި އެވެ.

ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން މި ކުރެއްވީ، ކުުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވުމުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަމްޖަދު އިސްތިއުފާ ދެއްވީ، ޓްރައިބިއުނަލްގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެ އެވެ.