Roadha Mihaaru
ރައީސް، ހަ މަހަށް ފަހު ނޫސްވެރިންގެ ކުރިމައްޗަށް

ރައީސް، ހަ މަހަށް ފަހު ނޫސްވެރިންގެ ކުރިމައްޗަށް

28 ޑިސެމްބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހަ މަސް ފަހުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ،

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހަ މަސް ފަހުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ،

އެ ނިއުސް ކޮންފަރެސް އޮންނާނީ ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ ހަވީރު 4:30 ގައި އެ އޮފީހުގަ އެވެ.

ރައީސް އެންމެ ފަހުން ނިއުސް ކޮންފަރެންސެއް ބޭއްވެވީ މި އަހަރުގެ ޖޫން 9 ގަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން މުހައްމަދު އައްޔަން ކުރެއްވި ފަހުން، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު އޭނާ ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.

އެތައް ދުވަހަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންގެ ކުރިމައްޗަށް ނުކުންނަވާއިރު، އެ މަނިކުފާނު ގެންދަވަނީ ރިޔާސީ ދެ ވަނަ ދައުރުގެ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތްޕުޅު ފައްޓަވައިފަ އެވެ.

އަންނަ ޖެނުއަރީ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނާ އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކޯޅުމާ ހަމައަށް އެންމެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.