Roadha Mihaaru
ގޯތިތަކަށް އަރާ ނެޓްވޯކް ބަދަލުކުރަން 200 މިލިއަން!

ގޯތިތަކަށް އަރާފައިވާ ނެޓްވޯކް ބަދަލުކުރަން 200 މިލިއަން ހަރަދު ވާނެ: ފަޒުލް

24 މާޗް 2024

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އެ ބަދަލު ކުރަން 200 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އެ ބަދަލު ކުރަން 200 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ބައެއް މަގުތަކަށް ހުރަސް އެޅޭ ގޮތަށް ގޯތި ދޫކޮށްފައި ވަނީ އަށް ސަރަހައްދެއްގައި ކަމަށެވެ.

އެގޮތަށް 150 އެއްހާ ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތައް ހުރި ކަން ކުރީ ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެކަން ހައްލު ކުރަން 200 މިލިއަން ހަރަދުވާނެ ކަމަށް އޭރު ވެސް އެޗްޑީސީން ސަރުކާރަށް ދަންނަވާފައި އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.

"މި މައްސަލަތައް ހައްލު ކޮށްގެން މަސައްކަތް ނިންމާކަށް މާ ގިނަ ދުވަހެއް ނުނަގާނެ. އުނދަގޫ ވާނީ ރީޑިޒައިނިން އާއި އެއަށް ދާ ހަރަދު،" އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައި ހުރި ސަރަހައްދުތަކުން ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.

މިހާރު ވެސް އަށް ފަރާތަކުން އިމާރާތް ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި އެ މަރުހަލާތައް މިހާރު އިތުރަށް ފަސޭހަ ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.