Roadha Mihaaru
ދީޕިކާ އަށް ވުރެ ކަރީނާ މޮޅު: އިމްތިއާޒް

ދީޕިކާ އަށް ވުރެ ކަރީނާ މޮޅު: އިމްތިއާޒް

23 މާޗް 2024

ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އަށް ވުރެ ކަރީނާ ކަޕޫރް ހާން އެކްޓުކުރަން މޮޅު ކަމަށް ޑައިރެކްޓަރު އިމްތިއާޒް އަލީ ބުނެފި އެވެ.

ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އަށް ވުރެ ކަރީނާ ކަޕޫރް ހާން އެކްޓުކުރަން މޮޅު ކަމަށް ޑައިރެކްޓަރު އިމްތިއާޒް އަލީ ބުނެފި އެވެ.

ކަނެކްޓް އެފްއެމް ކެނެޑާ އަށް ދިން އިންޓަވިއުއެއްގައި އިމްތިއާޒްއާ ސުވާލުކުރީ ދީޕިކާ އާއި ކަރީނާގެ ތެރެއިން އޭނާގެ ނަޒަރުގައި އެކްޓުކުރަން އެންމެ މޮޅީ ކާކު ހެއްޔެވެ.

"ވަރަށް އުނދަގޫ ސުވާލެއް، އެކަމަކު އަހަރެން ބުނާނީ ކާރީނާއޭ. އެއީ އަހަރެން ކަރީނާ ޑައިރެކްޓުކޮށްފައި ވާތީ،" އިމްތިއާޒް ބުންޏެވެ.

ކާރީނާގެ ފިލްމީ ކެރިއަރުގައި އެންމެ ކާމިޔާބު އަދި އެންމެ ހިޓުވި ފިލްމު، 2007 ގައި ގެނެސްދިން "ޖަބް ވީ މެޓް" އަކީ އިމްތިއާޒްގެ ޑައިރެކްޝަނެކެވެ. އެ ފިލްމަކީ އޭރު ނުކުތް އެންމެ ރީތި ރޮމޭންޓިކް ކޮމެޑީ ފިލްމެވެ. އަދިވެސް އެ ފިލްމު ގިނަ ބަޔަކު ބަލައި އޭގެ ވާހަކަ ދައްކަ އެވެ.

އެ ފިލްމަށް ފަހު ކަރީނާ އެކު އިމްތިއާޒް އަދި އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރެ އެވެ.

އިމްތިއާޒްގެ ފިލްމެއްގައި ދީޕިކާ ވެސް މަސައްކަތް ކުރި އެވެ. އެއީ 2012 ވަނަ އަހަރު ގެނެސްދިން "ކޮކްޓެއިލް" އެވެ. ނަމަވެސް އެ ފިލްމު ޑައިރެކްޓުކުރީ އޭނާއެއް ނޫނެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓުކުރި އެ ފިލްމުގެ ސްކްރިޕްޓް ލިޔުނީ އިމްތިއާޒެވެ.

އިމްތިއާޒް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު 12 ގައި ނެޓްފްލިކްސް އަށް އަންނަ އޭނާގެ ފިލްމު "ޗަމްކީލާ" އަށެވެ. އެ ފިލްމަކީ ޕަންޖާބީ ލަވަކިޔުންތެރިއެއް ކަމަށްވާ އަމަރް ސިންގް ޗަމްކީލާގެ ބަޔޮޕިކެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅެނީ ޕަރިނީތީ ޗޯޕްރާ އާއި ދިލްޖީތު ދޮސާނީ އެވެ.