21 މާޗް 2024
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ހަތަރު މަސްވީިއިރު ސިޔާސީ މަގާމުތައް "ފުނިފުންޏަށް" އުފައްދާފައިވާ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުން އެ އަދަދު މިހާރު 1،500 އަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ހަތަރު މަސްވީިއިރު ސިޔާސީ މަގާމުތައް "ފުނިފުންޏަށް" އުފައްދާފައިވާ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުން އެ އަދަދު މިހާރު 1،500 އަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި ކުރީ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މި ސަރުކާރުން 300 އެއްހާ މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ.
"ކޮން ކަމެއްތޯ ކުރީ؟ ބަލާލާއިރު 1،700 ޕްރޮޖެކްޓް ހުއްޓާލާފައި އެބަ އޮތް. މި ފައިސާ ހަރަދު ކުރީ ކޮން ބަޔަކަށްތޯ؟ އަޅުގަނޑުމެން އެ ހަރަދު ކުރީ ކިހިނެއްތޯ ބަލަން މައުލޫމާތު ހޯދަން ރައީސް އޮފީހަށް ވެސް ސިޓީ ލައިފިން، ފިނޭންސް މިނިސްޓްރީގައި ވެސް އެދެފިން. މިއިން އެއްވެސް ތަނަކުން އެ މައުލޫމާތެއް ލިބޭ ގޮތެއް ނުވޭ،" ކުރީގެ ރައީސް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ފެންނަން އޮތް ކަމަކީ މި ސަރުކާރުން އިންތިހާއަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ ތަން ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާކަން ކަމަށެވެ.
"ފުނިފުންޏަށް. ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔު ޖެހިފައި ތިބޭ ކަމަށް. ޑިއުޓީ ބަހައިގެން މޭޒު ހަވާލު ކުރަމުން އެބަދޭ. ގޮނޑި ނެތިގެން،" އިބޫ ވިދާޅުވި އެވެ.
"އަންދާޒާކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުމޫމާތު ދެއްވީމަ އެނގޭނީ. 1،500 އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި. އެހެން ނަމަކާ މަހެއްގެ މައްޗަކަށް 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރެންޓް ހަރަދަކަށް މުސާރައަކަށް ހަރަދު ކުރާކަށް ނުޖެހޭނެ."
ކުރީގެ ރައީސް ސޯލިހު ރޭގެ އިވެންޓްގައި: ސަރުކާރުން ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރު ކުރަމުންދާ ކަމަށް ވިދާޅުވި --
އިބޫ ވިދާޅުވީ މި ސަރުކާރުން އިސްރާފު ވެސް އެ ވަރަށް ކުރަމުންދާ ކަމަށާއި ޕްރޮޖެކްޓްތައް ހުއްޓާލައި، އަލުން އެ ފަށަން ވުމުން އެތައް ހަރަދެއް އިތުރަށް ހިނގާނެ ކަމަށެވެ. އެހެންވެ، ސަރުކާރު ހަމަ މަގަށް އަޅުވަން އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ މަގާމުތައް އިތުރުވަމުންދާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައިވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހުއްޓާލައިފައިވާ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ވެސް ސިޔާސީ މަގާމުތަކަށް ބައެއް މީހުން އައްޔަން ކޮށްފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ބައެއް މީހުން ވެސް ހިމެނެ އެވެ. މި ފަހުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ވެބްސައިޓްގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަޕްޑޭޓް ކުރަމުން ދިޔަ ނަމަވެސް، ޓެކްނިކަލް މައްސަލައެއް ދިމާވެ އެކަން ހުއްޓިފައި ވަނީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސްގެ ރިޔާސީ ވައުދަކީ ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފުން ހިމެނޭ ގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުކުރުމެވެ. ރައީސް ވިދާޅުވަމުން ގެންދަވަނީ އެކަން އެގޮތުގައި ހިފަހައްޓަވާނެ ކަމަށެވެ.
އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެއްޖެ
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
އިންތިހާބު ބާއްވާ ދުވަހާ މެދު އިބޫގެ ކަންބޮޑުވުން!
ފެލިދޫ ދާއިރާއިން އެމްޑީޕީގެ ތާއީދު އަލީ ޒާހިިރަށް
ޕާޓީ ބަދަލުނުކުރަން އެމްޑީޕީގެ ކެންޑިޑޭޓުން ހުވާކޮށްފި
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް
މަޖިލިސް ސަރުކާރަށް، ރައްޔިތުން މި ބުނަނީ ކީކޭ؟
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނަން: އެމްޑީޕީ