Roadha Mihaaru
މަގުތަކުން އިއްޔެ އެކަނި ވެސް 60 ޓަނުގެ ކުނި ނެގި

މާލޭގެ މަގުތަކުން އިއްޔެ އެކަނި ވެސް 60 ޓަނުގެ ކުނި ނެގި

11 މާޗް 2024

މާލޭގެ މަގުތަކަށް ގޭބިސީތަކުން ގިނަ އަދަދަކަށް ކުނި ނެރެ ގޮނޑުކުރަމުން ދާއިރު އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން އުކާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ މަގުތަކަށް ގޭބިސީތަކުން ގިނަ އަދަދަކަށް ކުނި ނެރެ ގޮނޑުކުރަމުން ދާއިރު އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން އުކާލައިފި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ 15 ދުވަސް ތެރޭގައި މާލެ ތެރެއިން 200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. މިއި 25 ފޫޓުގެ 8 ކޮންޓެއިނަރަށް އެޅޭހާ ކުނިކަން އޭނާ ފާހަގަކުރެއްވި އެވެ.

އާޒިމް ވަނީ ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެންނަށް ހިތްފަސޭހަ ކަމަކަށްވާނެތީ އެގޮތަށް ކުނި ނޭޅުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތައް އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. ބާވެފައި ހުންނަ ފަރުނީޗަރާއި ގޭގޭގައި ހިފާ ގެންގުޅޭ އެހެން ސާމާނު މަގުތަކަށް ނެރެ، ޕޭވްމަންޓުތަކާއި ގޯޅިތަކުގެ ކަންމަތިތައް އޮތީ ފުނި ޖެހިފަ އެވެ.

އެ މައްސަލަ ބޮޑުވެ މާލޭ ސިޓީ ކައުންސިލާއި އެހެން އިދާރާތައް ގުޅިގެން މާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ފެށިއިރު އިއްޔެ ވެމްކޯ އިން ވެސް ވަނީ މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ތިން ދުވަހަށް އާންމުންނަށް ހިލޭ ކުނި އުކާލަދިނުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.