Roadha Mihaaru
މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

05 މާޗް 2024

މި ދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ދޭކުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 3،075 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތައް:

- ބޯ އެނބުރުން

- ކުޑަކަމުދެވޭ ވަރު މަދުވުން

- ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުން

- އާދަޔާ ހިލާފަށް ކަރު ހިއްކުން

- މީހާ މާބޮޑަށް ވަރުބަލިވުން

- ދިޔާތަކެތި ބޭނުން ނުކުރެވުން

- ބަނޑުގައި ރިއްސުން

ބޭރަށް ހިންގުމުގެ ބަލި އިތުރުވެފައިވާތީ، އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ އެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފަ އެވެ.

ބޭރަށް ހިންގާ ނަމަ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

- ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން

- ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

- ފާހަނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރުން

- އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވާ، އަދި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުން

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5،386 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.