04 މާޗް 2024
ފެނަކަ ކޯޕަރޭޝަން ތެރޭގައި އޮތީ އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައި ކަމަށާއި އެ މައްސަލަތައް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ނިންމައިފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަން ތެރޭގައި އޮތީ އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައި ކަމަށާއި އެ މައްސަލަތައް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ނިންމައިފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު ވަނީ އެ ކުންފުނި އޮތް ހާލަތު ވަރަށް ތަފްސީލްކޮށް ކިޔައިދެއްވައިފަ އެވެ.
މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާ އެކު ކަމަށާއި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ. ފެނަކައިގައި 8،000 މުވައްޒަފުން ތިބި ކަމަށާއި ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވިދާޅުވި އެވެ.
"އާމްދަނީގެ ގޮތުގައި ފެނަކައަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މި ދެނީ. އޮޕަރޭޝަންތަކަށް ވެސް ބޭނުންވާނެ ފައިސާ. މިއަދުގެ ހާލަތަކީ މިއީ. މި ހާލަތަށް ފެނަކަ ވެއްޓެން މެދުވެރިވި ސަބަބާ މެދު ޖެހޭ ވިސްނާލަން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ކުންފުނީގައި މިވަގުތު 502 ޖެންސެޓް ބޭނުން ކުރަމުން އަންނަ ކަމަށާއި އެ ޖެންސެޓް ތެރެއިން 302 ޖެންސެޓް މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. ރަށެއްގައި ތިން ޖެންސެޓް ހުރި ނަމަ، އޭގެ ތެރެއިން ދެ ޖެންސެޓް ހުންނަނީ ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ފަސް އަހަރު ތެރޭގައި މެއިންޓެނަންސަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބަބު ވަރަށް ސާފު. އެއީ ޖެންސެޓްތައް ގަތުން، ހަމަ ހުސްވީމަ ގަނެފައި ގެންދާ އުސޫލުން ޖެންސެޓްތައް ބޮޑު ވިޔަފާރިއަކަށް ހަދާފައި އޮތީ،" މުއާޒު ވިދާޅުވި އެވެ.
"2022 އަދި 2023 އެކަނި 90 ޖެންސެޓް ފެނަކައަށް ގަނެފައި އެބަހުރި ހިސާބުތަކުން ފެންނަން. އެކަމަކު އަޅުގަނޑުމެންގެ ހާލަތަކަށް ބަދަލެއް ނާދޭ. ހުރިހާ ޖެންސެޓެއް ހަލާކުވެފައި ހުރީ. ކީއްވެގެންތޯ؟ މެއިންޓެނަންސަށް ސަމާލުކަމެއް މީގެކުރީ މެނޭޖްމެންޓެއް ދީފައި ނެތީ."
ފެނަކަ އޮތް ހާލަތު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ކިޔައިދެއްވަނީ.
ޖެންސެޓްތައް މަރާތު ނުކޮށް ހުއްޓަސް، މުއާޒު ވިދާޅުވި ގޮތުގައި ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހަރަދުތަކުން ދައްކަ އެވެ. ޖެންސެޓްތަކަށް ބޭނުންވާ ސާމާނު ވެސް މިދިޔަ ފަސް އަހަރު ތެރޭގައި ގަނެފައި ނެތް ކަމަށާއި އެހެންވެ، ޖެންސެޓްތައް ހަލާކުވެ އަނެއްކާ އާ އެއްޗެއް ގަންނަން ޖެހެނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ފެނަކައިން ކޮށްފައި އޮތީ މި ވިޔަފާރި. މިގޮތަށް ހަދައި އިންޖީނުތައް ހަލާކުކޮށްފައި އަނެއްކާ އާ އިންޖީނުތައް ގެނެސްފައި ބޮޑު ވިޔަފާރިއެއް ކޮށްފައި އޮތީ. ހިސާބުތަކުން ފެންނަން ހުރި ކަންތައްތަކެއް އަޅުގަނޑު މި ދަންނަވަނީ،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް އޮތް އިރު، ފެނަކައިގެ އަމިއްލަ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް ކަމަށެވެ. ހުރިހާ ވަސީލަތަކާ އެކު ސާވިސް ސެންޓަރެއް 60 މިލިއަން ރުފިޔާއަށް ގާއިމް ކުރެވޭނެ ކަމަށާއި އެ ސެންޓަރު ހަދަން މިހާރު ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ނަމުގައި ވެސް ފެނަކައިން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި ކޮންމެ އަހަރަކު 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް ފެނަކައިގައި އަމިއްލަ ދޯންޏެއް، ލޭންޑިން ކްރާފްޓެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ބޮޑު އަގުގައި ދެނީ ނާއިޖުކޮށް ދެނީ މީހުންނަށް. މިގޮތަށް ގޮސް މި ކުންފުނި ބަނގުރޫޓްވެފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ފެނަކައިގެ ދަރަނި އިންތިހާއަށް އޮތްއިރު ހަމައެކަނި އެސްޓީއޯ އަށް ދެ ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭ ކަމަށެވެ. އެސްޓީއޯ އަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް 2019 ވަނަ އަހަރުން ފެށިގެން ދީފައި ނެތް ކަމަށާއި ނަމަވެސް މިހާރު އެ ފައިސާ ދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކަގެ އޮފީސް އެޅުމުގެ 60 މަޝްރޫއު ވެސް ހުއްޓިފައި އެބަ އޮތް ކަމަށާއި އެ މަޝްރޫއުތަކަށް އެކަނި އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މާކެޓް ރޭޓްގައި ބަލާ ކަމަށްވާނަމަ، އެއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި މަޝްރޫއުތައް ނިމިފައި ހުރީ 45 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޝްރޫއުތައް މިހާރު އޮތް ގޮތަށް ގެންދާ ނަމަ، މަޝްރޫއުތައް ނިންމާލުމަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދު ކުރަން ޖެހޭނެ ކަން ފާހަގަ ކުރެއްވި އެވެ.
"23 މިލިއަން ރުފިޔާއަށް މާކެޓްގައި ނިމޭ އޮފީސް އިމާރާތެއް 55 މިލިއަން ރުފިޔާ ހަރަދަކުރިއިރު 60 ޕަސެންޓް ނުނިމޭ. މިއަދުގެ ހާލަތު. އިން ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކުން ވަރަަށް ބޮޑު ޖަރީމާއެއް މީގެ ކުރީގެ މެނޭޖްމެންޓުން ކުރީގެ ސަރުކާރުން ހިންގާފައި އޮތީ،" މުއާޒު ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު އިހުމާލެއް، ވަރަށް ބޮޑު ހިޔާނާތެއް، ވައްކަމެއް."
އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް ހަރަދު ކުޑަ ކުރެވޭނެ ގޮތް ބަލަމުން އަންނަ ކަމަށް މުއާޒު ވިދާޅުވި އެވެ.
"އުނދަގޫ ދަތުރެއް އަޅުގަނޑުމެން ކުރަން ޖެހިފައި މިއޮތީ. އެކަމަކު ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މިކަމުން އަރައިގަތުމަށް ކުންފުނީގެ ހަރަދުތައް ކުޑަކޮށް ރައީސްގެ އިރުޝާދާ އެކު އަލަށް ރެވެނިއު އިތުރު ކުރެވޭނެ ގޮތްތައް މި ދަނީ ތައާރަފް ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުންފުނި ސަލާމަތް ކުރާނަން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ފެނަކަ އިން ފައިސާ ދޭން ޖެހޭ އެހެން ކުންފުނިތަކަށް އެއް ފަހަރާ ފައިސާ ދޭނެ ގާބިލްކަމެއް ނެތް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ހުރިހާ ފައިސާއެއް ހަލާސްކުރާނެ ޕްލޭނެއް މިހާރު އެބަ އޮތް ކަމަށެވެ. މާލީ ހާލަތު ތަންދޭ މިންވަރަކުން ހުއްޓިފައިވާ މަޝްރޫއުތައް ވެސް ފަށަމުންދާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ނުކުރާނެ ކަމަކީ ނިންމޭނެ ގޮތް ރަނގަޅަށް ސާފުވެގެން ނޫނީ އެ ޕްރޮޖެކްޓްތަކެއް ނުފަށާނަން،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ފެނަކައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް އޭސީސީ އަށް ފޮނުވޭ މިންވަރަށް މިހާރު ވަނީ މައުލޫމާތުތައް އެއްކުރެވިފައި ކަމަށާއި ލަސްތަކެއް ނުވެ ހުރިހާ މައްސަލަތަކެއް ފޮނުވާނެ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ރަށްރަށުގައި ކަރަންޓުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށްޓަކައި މާފަށް އެދޭ ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް، ކުންފުނި މި ވަގުތު އޮތީ އެފަދަ ހާލަތަކަށް ވައްޓާލާފައިކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
ފެނަކަ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި
ފެނަކައިން ހުށަހެޅި މައްސަލަތަކުގެ އަގަކީ ބައި ބިލިއަން
ފެނަކައިގެ 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް!
ސިޔާސީ ބާރު ހޯދަން ފެނަކައިން ދިޔަ ފެލައި، ހުސްކޮށްފައި!
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް
ސައީދާއި އިބްރޭގެ ކޯޅުން:ސައީދުގެ ތުހުމަތަކީ ފުރައްސާރަ
މެނޭޖުމަންޓުން ކޮރަޕްޝަން ނުހިންގާނެ: ފެނަކަ
ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ އިތުރު މައްސަލައެއް ބަލަނީ
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
ކޮރަޕްޝަންގެ ތުހުމަތުކުރަނީ ރާވައިގެން އަގު ވައްޓާލަން