Roadha Mihaaru
ވާދަވެރިންނަށްވުރެ ލެވަކޫސަން 10 ޕޮއިންޓް ކުރިއަށް!

ވާދަވެރިންނަށްވުރެ ލެވަކޫސަން 10 ޕޮއިންޓް ކުރިއަށް!

04 މާޗް 2024

ޖަރުމަން ލީގުގައި ރޭ 2-0 އިން އެފްސީ ކޯން ބަލިކޮށް ބެޔާ ލެވަކޫސަން، ލީގު ތާވަލްގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ޖަރުމަން ލީގުގައި ރޭ 2-0 އިން އެފްސީ ކޯން ބަލިކޮށް ބެޔާ ލެވަކޫސަން، ލީގު ތާވަލްގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކޯންގެ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެކަކު މަދުކޮށް އެޓީމު ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގައި ލެވަކޫސަން އަށް ލީޑު ނަގައިދިނީ ޖެރެމީ ފްރިމްޕޮންގް އެވެ. ދެވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިން ގޯލު ޖަހައިދިނީ އަލެކްސް ގްރިމާލްޑޯ އެވެ.

މި މޮޅާ އެކު ލެވަކޫސަން ވަނީ މި ސީޒަންގައި މިހާތަނަށް ބަލިނުވެ 34 މެޗު ހަމަކޮށްފަ އެވެ. އެޓީމު އެއްވަނައިގައި އޮތީ 24 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 54 ޕޮއިންޓް ލިބިފައިވާ ބެޔާން މިއުނިކެވެ.

ވިދިވިދިގެން 12 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރަން މި ސީޒަނާ ކުރިމަތިލި ބެޔާން ވަނީ ހުކުރު ދުވަހުގެރޭ ފްރެއިބާގާ ވާދަކޮށް 2-2 އިން އެއްވަރު ވެފަ އެވެ.

"އަހަރެމެން ކުޅުނީ އެއްވެސް ރޭވުންތެރިކަމެއް ނެތި. އެއްވެސް ޑިސިޕްލިން އެއް ނެތް، ޕޮޒިޝަނެއް ނުނެގޭ އެހާވަރަށް ބޯޅަ ގެއްލޭ،" މި ސީޒަނަށް ފަހު ބެޔާން ދޫކޮށްލަން ނިންމާފައިވާ ކޯޗު ތޯމަސް ޓުޗެލް މެޗަށް ފަހު ބުންޏެވެ.

ބެޔާނަށް ކުރިއަށް އޮޓީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގެވެ. އަމިއްލަ ދަނޑުގައި ލާޒިއޯއާ ދެކޮޅަށް ނުކުންނައިރު އެގްރިގޭޓުން ބެޔާން އޮޓީ 1-0 އިން ފަހަތުގަ އެވެ.

ޔޫރޮޕާ ލީގު ކުޅޭ ލެވަކޫސަން ވެސް މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައި ވެއެވެ. ގަދަ 16 ގައި ވާދަކުރާނީ މުބާރާތުގައި ތަފާތު ދައްކަމުން އަންނަ ޤަރަބާގާ ދެކޮޅަށެވެ.