Roadha Mihaaru
އޮލޮންސޯގެ ލެވަކޫސެން، ގާޑިއޯލާގެ ބެޔާނާ އެއްވަރު

އޮލޮންސޯގެ ލެވަކޫސެން، ގާޑިއޯލާގެ ބެޔާނުން ހެދި ރެކޯޑަކާ އެއްވަރު

14 ނޮވެމްބަރ 2023

ލެވަކޫސެން (ނޮވެމްބަރު 14) - ޖަރުމަން ލީގުގައި ޗަބީ އޮލޮންސޯ، 41، ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެޔާ ލެވަކޫސެން، 2015/2016 ސީޒަންގައި ޕެޕް ގާޑިއޯލާ އާއެެކު ބެޔާން މިއުނިކުން ފުރަތަމަ 11 މެޗުން ނެރުނު ނަތީޖާއާ އެއްވަރު ކޮށްފި އެވެ.

ލެވަކޫސެން (ނޮވެމްބަރު 14) - ޖަރުމަން ލީގުގައި ޗަބީ އޮލޮންސޯ، 41، ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެޔާ ލެވަކޫސެން، 2015/2016 ސީޒަންގައި ޕެޕް ގާޑިއޯލާ އާއެެކު ބެޔާން މިއުނިކުން ފުރަތަމަ 11 މެޗުން ނެރުނު ނަތީޖާއާ އެއްވަރު ކޮށްފި އެވެ.

މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، އެއް މެޗު އެއްވަރު ކޮށްލައިގެން 31 ޕޮއިންޓާ އެކު ލެވަކޫސެން އޮތީ އެއްވަނައިގަ އެވެ. އެޓީމު އެއްވަރު ވެފައި ވަނީ ބެޔާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބެޔާން ދެވަނައިގައި އޮތީ 29 ޕޮއިންޓް ހޯދައިގެންނެވެ.

"ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ މިވަގުތު. އަހަރެމެން ކުރިއަށް ދަނީ ވަރަށް ބޮޑަށް ފޯކަސް ގެއްލުވާ ނުލައި ބުރަކޮށް މަސައްކަތް ކޮށްގެން. އެކަމަކު ބާކީ ބައިވަރު މެޗު އެބަހުރި، ފުޓްބޯޅައިގައި ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ، އުންމީދުތައް ފެނަށް ވާ ހިސާބަށް ވެސް ކަންކަން ގޮސްދާނެ،" ސްޕެއިން ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

ގާޑިއޯލާ އާއި އޮލޮންސޯ އެކުގައި ބެޔާން މިއުނިކުގައި.--

ގާޑިއޯލާ އާއި އޮލޮންސޯ އެކުގައި ބެޔާން މިއުނިކުގައި.--

ގާޑިއޯލާ އާއެކު ބެޔާނުން އެ ރެކޯޑް ހެދިއިރު، އޮލޮންސޯ އަކީ ބެޔާނުގެ ކުޅުންތެރިއެކެވެ. އެ ސީޒަންގައި ލީގުގެ ފުރަތަމަ 11 މެޗުން ބެޔާން ވެސް ވަނީ 10 މެޗުން މޮޅުވެ އެއް މެޗު އެއްވަރު ކޮށްފަ އެވެ.

އެ ފަހަރު ލީގުގެ ތިންވަނަ މެޗުގައި ބެޔާނުން ލެވަކޫސެންއާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ އަށް އޮތީ ސެންޓަ ބެކުންގެ ދަތިކަން ކުރިމަތިވެފަ އެވެ. އެ މެޗުގައި، އޭރު 33 އަހަރުގެ އޮލޮންސޯ ވަނީ ސެންޓަ ބެކެއްގެ ރޯލު އަދާކޮށް 3-0 އިން ޓީމު މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ލެވަކޫސެން ވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން 16 މެޗު ކާމިޔާބު ކޮށްފަ އެވެ.

އޮލޮންސޯ ލެވަކޫސެންއާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭރު ލެވަކޫސެން އޮތީ މިދިޔަ ސީޒަންގައި ލީގުގެ ފުރަތަމަ އަށް މެޗަށް ފަހު، ތާވަލްގެ އެންމެ ފަހަތުން ދެވަނައިގަ އެވެ.

އެހެން ނަމަވެސް އޮލޮންސޯ ޓީމާ ހަވާލުވެ، އެޓީމު ސީޒަން ނިންމާލީ ލީގުގެ ހަވަނައިގަ އެވެ. ޗެމްޕިއަންސް ލީގު ނޮކައުޓް ބުރަށް އެޓީމު ނުގެންދެވުނަސް، ގުރޫޕްގެ ތިންވަނަ ހޯދައިދީ، ޔޫރޮޕާ ލީގުގެ ސެމީ ފައިނަލާ ހަމައަށް ޓީމު ގެންގޮސްދިނެވެ.

ރެއާލް ސޮސިއެޑާޑުން ކުޅެން ފަށައި، ލިވަޕޫލާއި ރެއާލް މެޑްރިޑަށް ވެސް ކުޅުނު މިޑްފީލްޑަރު ބެޔާނަށް ވެސް ކުޅެދިނުމަށްފަހު ކުޅުން ހުއްޓާލީ 2017 ވަނަ އަހަރެވެ. ޖެހިގެން އައި އަހަރު ރެއާލް މެޑްރިޑުގެ 14 އަހަރުން ދަށުގެ ކުޅުންތެރިންގެ ކޯޗަކަށް ހުރެފައި، އޭނާ ވަނީ 2019 އިން 2022 އަށް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.