Roadha Mihaaru
ލެވަކޫސަނުން 60 އަހަރުވީ ރެކޯޑަކާ އެއްވަރު ކޮށްފި

އެލޮންސޯ ސަސްޕެންޝަނުގައި، ލެވަކޫސަންގެ ބަލިނުވުމުގެ ރޭސް 60 އަހަރުވީ ރެކޯޑަކާ އެއްވަރު ކޮށްފި

06 މެއި 2024

ފްރެންކްފާޓް (މެއި 6) އައިންޓްރަކްޓް ފްރެންކްފާޓް ބަލިކޮށް، ބެޔާ ލެވަކޫސަނުން ގާތްގަނޑަކަށް 60 އަހަރުވީ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.

ފްރެންކްފާޓް (މެއި 6) އައިންޓްރަކްޓް ފްރެންކްފާޓް ބަލިކޮށް، ބެޔާ ލެވަކޫސަނުން ގާތްގަނޑަކަށް 60 އަހަރުވީ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.

ކުރީގެ މެޗުގައި ރީނދޫކާޑެއް ދެއްކައި ދެ ކާޑް ހަމަވުމުން، ލެވަކޫސަންގެ ކޯޗު ޒަބީ އެލޮންސޯ ހުރީ، ރޭގެ މެޗުގައި ބެންޗަށް ނާދެވޭގޮތަށް ސަސްޕެންޑް ކޮށްފަ އެވެ. މެޗު ކުރިއަށް ދިޔަ އިރު އެލޮންސޯ ހުރީ ފްރެންކްފާޓްގެ ސްޓޭޑިއަމްގައި މެޗު ބަލާށެވެ.

ޖަރުމަނުގެ ޗެމްޕިއަން؛ ލެވަކޫސަނުން މިހާރު ވަނީ ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑް 48 މެޗާ ހަމައަށް ގެންގޮސްފަ އެވެ. އެއާ އެކު އެ ޓީމަށް ވަނީ ގާތްގަނޑަކަށް މީގެ 60 އަހަރު ކުރިން ބެންފީކާއިން ހަދާފައިވާ ރެކޯޑަކާ އެއްވަރުކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު 1956 ގައި ތައާރަފުކޮށް ޔޫރަޕްގެ ފުޓްބޯޅައިގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، ބެންފީކާއިން ވަނީ 1963-1965 އަށް އެއްވެސް މެޗަކުން ބަލިނުވެ 48 މެޗު ފުރިހަމަކޮށްފަ އެވެ.

"އަހަރެމެންގެ ލެވެލް، މުޅި ސީޒަނުގައި ވެސް ވަރަށް ރަނގަޅު މުޅި ސީޒަނުގައި އަހަރެމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް އަހަރެމެން އަބަދުވެސް މިދަނީ ކުރިއަށް. އަހަރެމެން އަބަދުވެސް މިދަނީ މަސައްކަތަށް ސަމާލުކަންދީ ރަނގަޅު ކުރަމުން،" ބެންޗުގައި ނުހުރެވުނަސް، ޕޯސްޓް މެޗު ޕްރެސްގައި ބައިވެރިވުމުގެ ހުއްދަ އޮތް އެލޮންސޯ ބުންޏެވެ.

ލެވަކޫސަންގެ ގޯލްކީޕަރު ލޫކަސް ރާޑެސްކީ ވެސް ވަނީ މެޗުގައި ރެކޯޑެއް ހަދައިފަ އެވެ. ފިންލެންޑްގެ ކުޅުންތެރިޔާ އަކީ ބުންޑެސްލީގާގައި އެންމެ ގިނަ މެޗު ކުޅުނު ޖަރުމަނުން ބޭރު ކީޕަރުގެ ރެކޯޑް އޭނާ ވަނީ ހަދައިފަ އެވެ.