Roadha Mihaaru
ބާ ޖަމާލުއްދީން ބިމުގައި އަންޑާގްރައުންޑް ޕާކިންއެއް

ބާ ޖަމާލުއްދީން ހުރި ބިމުގައި އަންޑާގްރައުންޑް ޕާކިން އަކާއި ޕާކެއް

25 ފެބުރުއަރީ 2024

ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ނިންމާފައި ވަނީ އަންޑާގްރައުންޑް ޕާކިން ޒޯނަކާއި ހިތްފަސޭހަ ކޮށްލުމަށް ޕާކެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ނިންމާފައި ވަނީ އަންޑާގްރައުންޑް ޕާކިން ޒޯނަކާއި ހިތްފަސޭހަ ކޮށްލުމަށް ޕާކެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެ ބިމުގައި ޖަމާލުއްދީން ސްކޫލު ހިންގުމަށް ފަހު، ފަހުން ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަން (އީސީ)ގެ އިންތިހާބީ މަރުކަޒެއްގެ ގޮތުގަ އެވެ. އެ ފަހުން މިދިޔަ ސަރުކާރުގައި އެ ބިމުން އެއްބައި ދިނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ. އަނެބައި ދިނީ ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރު ކުރުމަށެވެ.

ނަމަވެސް މި ސަރުކާރު އައިސް އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ދޫކުރި ބިން ނަގައި، ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައި އެ އިމާރާތް އެޅުމަށް ބަދަލު ކުރި އެވެ.

ބާ ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމުގެ ރަސްމިއްޔާތުަގައި މާލޭގެ މޭޔަރު އާދަމް އާޒިމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި މިނިސްޓްރީ އާއި ކައުންސިލްގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އާޒިމް "މިހާރު" އަށް ވިދާޅުވީ އެ ބިމުގައި އަޅަން ނިންމާފައި ވަނީ އަންޑާ ގްރައުންޑް ޕާކިން އަކާއި ޕާކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ތަން ހެދުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.

ކައުންސިލުން ވަނީ އެ ތަން ހަދާނެ ގޮތުގެ ޕްލޭން ވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާންމު ކޮށްފަ އެވެ.

"އެ ތަނުގައި އޮންނަނީ އަންޑާ ގްރައުންޑް ޕާކިން އަކާއި ގާޑެންއެއް ގޮތަށް އެ ހިސާބުގެ ރައްޔިތުން ބޭނުންކުރާނެ، ހިތްފަސޭހަ ކޮށްލަން ނުކުމެލައި، ތިބެލައި ހިނގާލާށާ ކަންކަން ކުރާނެ ޕާކެއް،" މޭޔަރު ވިދާޅުވި އެވެ.

ބައު ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ބައު ޖަމާލުއްދީންގެ ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ފެސިލިޓީ އަކާއި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭން އާންމުކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދަން ޕާކިން ބިލްޑިންގު އެޅުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސްވެގެން ހަލާކުވެ، ނައްތާލަން ޖެހޭ ގޮތަށް މާލޭ މަގުތަކުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ކައުންސިލާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

މާލޭގެ ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.