21 ފެބުރުއަރީ 2024
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އޮޕްޓިކަލް ކުންފުނި، މާލެ އޮޕްޓިކަލްގެ އޯކިޑް މަގުގައި ހުރި ޝޯރޫމް، އެ މަގުގެ އެހެން އިމާރާތަކަށް ބަދަލުކޮށް، ހުޅުވައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އޮޕްޓިކަލް ކުންފުނި، މާލެ އޮޕްޓިކަލްގެ އޯކިޑް މަގުގައި ހުރި ޝޯރޫމް، އެ މަގުގެ އެހެން އިމާރާތަކަށް ބަދަލުކޮށް، ހުޅުވައިފި އެވެ.
މާލެ އޮޕްޓިކަލްގެ އާ ޝޯރޫމް ހުޅުވީ އޯކިޑު މަގުގެ ގަޑިބުރު ކައިރީގައި ހުންނަ މ. ކެނޮޕަސް ބިލްޑިންގުގަ އެވެ. މާލެ އޮޕްޓިކަލްއިން ބުނީ އާ ޝޯރޫމް ހުޅުވީ، ކުރިން ނުވިއްކާ އާ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތަކަކާ އެކު ކަމަށެވެ. އޭގެ ތެރޭގައި ހެޔޮ އަގުގައި އާ ބްރޭންޑުތަކެއްގެ ފްރޭމާއި ބްރޭންޑެޑް އަވިއައިނު ހިމެނެ އެވެ.
މާލެ އޮޕްޓިކަލް އަކީ އައިނު ދުނިގަނޑާއި އަވިއައިނުގެ އިތުރުން ޔޫވީ ޕްރޮޓެކްޓެޑް ލެންސު، ޕޮލޮރައިޒްޑް ލެންސު، ކޮންޓެކްޓް ލެންސް އަދި އައިޑްރޮޕްސް ވިއްކާ ތަނެކެވެ. މި ތަނުން އޮޓޯ ރިފްރެކްޝަނުގެ ހިދުމަތާއި، ސްލިޓް ލޭމްޕް މައިކްރޮ-ބައިއޮސްކޮޕީ އާއި ކޮންޓެކްޓް ލެންސް ޓެސްޓުކުރުމާއި ލެންސް ފިޓިންގެ ހިދުމަތް ދެ އެވެ. އަދި ކަލާ ވިޝަން ޓެސްޓުކުރުމާއި ބައިނޮކިއުލާ ވިޝަން ޓެސްޓުކުރުމާއި ފެނުން ދަށްވެފައިވާ މީހުންނަށް ކޮންސަލްޓޭޝަންގެ ހިދުމަތް ވެސް މި ތަނުން ދެ އެވެ. މި ތަނަކީ ހަލާކުވާ ފްރޭމާއި އަވިއައިނަށް ރިޕެއަރިންގެ ހިދުމަތް ވެސް ދޭ ތަނެކެވެ.
މާލެ އޮޕްޓިކަލްސްގެ އެތެރެ. -- ފޮޓޯ: މާލެ އޮޕްޓިކަލްސް
މާލެ އޮޕްޓިކަލްއިން ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮމޯޝަނަކީ އެ ތަނުން ލިބެން ހުރި ގިނަ ޕްރޮޑަކްޓުތަކަކާއި ޕްރިސްކްރިޕްޝަން އައިނު ހެއްދުމަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ޕްރޮމޯޝަނެކެވެ.
މާލެ އޮޕްޓިކަލްސް އަކީ 1981 ވަނަ އަހަރު ގާއިމުކުރި ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އޮޕްޓިކަލް ދާއިރާއިން ހިދުމަތް ދޭން ފެށި ފުރަތަމަ ކުންފުންޏެވެ.
ޕިރަމިޑުން ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލާލަން ދެނީ
"އެޒްތާރާ ހެއާ މިރަކަލް" ކްރީމް ޕްލާޒާއަށް
ސެންޓަށް ހާއްސަ ޕްލާޒާ ކޮސްމެޓިކްސް ހުޅުވައިފި
ރިވެލި ބީޗްގެ ޕްރޮމޯޝަނުން ހިލޭ ކައިވެނި ޕާޓީއެއް
ލިވިންއެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލުން ހާއްސަ އޮފާތަކެއް
މެރިން މާސްޓާއިން ޔޫއޭއީއަށް ބޯޓެއް އެކްސްޕޯޓްކުރަނީ
ޔޫރޯއަށް އެމްއެޗްއޭގެ ޕްރޮމޯޝަނެއް
ގްރޫޕް ކޯލް ކުރަން ދިރާގުން "ވާހަކަ" އެޑްއޮން
އަނާ ސެލޫން އިން ރޯދަމަހަށް ބޮޑެތި ޑިސްކައުންޓުތަކެއް
ޕްލާޒާ އިންސެންސް އަށް "ފްރެގްރެންސް ވޯލްޑް"