Roadha Mihaaru
ގުޅިފަޅަށް ގޯތި ބަދަލުކުރުމުގެ ފުރުސަތު އެބައޮތް

ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް: ރައީސް

20 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ "ރައީސް ޖަވާބު" ވީޑިއޯގައި، ގިރާވަޅު ފަޅުން ގޯތި ލިބުނު ރައްޔިތަކު އެ ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގިރާވަޅު ފަޅުން ގޯތި ލިބުނު ގިނަ ބައެއްގެ ފަރާތުން އެ ސުވާލު ލިބެމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމުގެ ފުރުސަތު އޮތްނަމަވެސް ވަކި ސިޔާސަތެއް ކަނޑަނާޅާ ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ފައިނަލްވުމުން އެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ގިރާވަޅު ފަޅުން ގޯތި ލިބުނު މީހުން ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބައްލަވާ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.