18 ފެބުރުއަރީ 2024
އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ދަށުން ހިންގާ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށް، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ދަށުން ހިންގާ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށް، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވިދާޅުވީ ރާއްޖޭގެ ދަރަނީ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ.
"ދެހާސް ސައްބީސް ވަނަ އަހަރު ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ނުކުރެވޭ ނަމަ 1.3 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދަރަނި އަދާކުރަން ދައްކަން ޖެހޭނެ. އެއީ ދައުލަތުގެ އަހަރެއްގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް،" ލޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވަނީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ދެ ފަރާތަށް ވެސް ފައިދާވާނެ އިންވެސްޓުމަންޓުތަކެކެވެ.
ދާދި ފަހުން ރާއްޖެ އަށް ކުރެއްވި ދަތުރަށް އިޝާރާތް ކުރައްވައި ލޫ ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ރާއްޖޭގައި އިންވެސްޓު ކުރެވެން ހުރި ދާއިރާތައް ފެންނަން އެބަހުރި ކަމަށެވެ.
"...އަޅުގަނޑުމެން މިދަނީ ރާއްޖެއާ އެކު އިންވެސްޓްމަންޓު އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާ ކުރަމުން. މި އެއްބަސްވުމުގެ ދަށުން ޔޫއެސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިފަދަ ފަންޑިން ރާއްޖެ އަށް ދެވޭނެ،" ލޫ ހާމަކުރެއްވި އެވެ.
އިންވެސްޓުމަންޓުތަކުގެ އިތުރުން، އޭނާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ އެންމެ ނުރައްކާ ބޮޑު އެއް ގައުމު ކަމަށް ވާތީ އެ ކަމުން ރާއްޖެ ފަދަ ނާޒުކު ގައުމެއް ސަލާމަތް ކުރުމަށްޓަކައި ތިމާވެށި ރައްކާތެރި ކުރަން ބޮޑެތި ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދަން ގޮވާލައްވައިފަ އެވެ.
އެމެރިކާ އިން ރާއްޖެއާ އެކު އިންވެސްޓްމަންޓް އެއްބަސްވުމެއް ހެދުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ލޫ ހާމަކުރެއްވި އިރު، ދިވެހި ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާ އަށް ދިޔުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ މަހު ވިދާޅުވި އެވެ.
އެމެރިކާގެ ލޯނުތައް ދެއްކުން ރާއްޖެ އަށް ފަސްކޮށްދީފި
އީޖާދީ ވިސްނުމުގައި ދުނިޔެ ގުޅިގެން މަސައްކަތްކުރަންޖެހޭ
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
ގޫގުލް އޮފީހާ އެކު މަސައްކަތްކުރަން މަޝްވަރާކޮށްފި
އިންވެސްޓްކުރަން އެކި ދާއިރާތައް ހުޅުވާލަން އިސްކަންދެން
ޑިއެގޯ ގާސިއާއިން ރާއްޖެއަށް ޗާޓަރު ދަތުރެއް!
ޕޭޕަލް ފަށަންހުރި ދަތިތައް ހައްލުކުރަން އެމެރިކާގެ އެހީ
އެމެރިކާ އިން ރާއްޖެއަށް އިތުރު 8މިލިއަން ޑޮލަރު ދީފި
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ
ރާއްޖެ-އެމެރިކާއިން ވިޔަފާރި ފުޅާކުރަން ނިންމައިފި