Roadha Mihaaru
ހިލްޓަން ހޮޓެލްސްގެ ބްރޭންޑް އެމްބަސެޑަރަކަށް ދީޕިކާ

ހިލްޓަން ހޮޓެލްސްގެ ބްރޭންޑް އެމްބަސެޑަރަކަށް ދީޕިކާ

16 ފެބުރުއަރީ 2024

ދުނިޔޭގެ ހޮސްޕިޓަލިޓީ ދާއިރާގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ހިލްޓަން ހޮޓެލްސް"ގެ ގްލޯބަލް ބްރޭންޑް އެމްބަސެޑަރަކަށް ބޮލީވުޑްގެ ތަރި، ދީޕިކާ ފަޑުކޯން ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ހޮސްޕިޓަލިޓީ ދާއިރާގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ހިލްޓަން ހޮޓެލްސް"ގެ ގްލޯބަލް ބްރޭންޑް އެމްބަސެޑަރަކަށް ބޮލީވުޑްގެ ތަރި، ދީޕިކާ ފަޑުކޯން ހަމަޖައްސައިފި އެވެ.

ހިލްޓަންގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބަސެޑަރަކަށް ދީޕިކާ ހަމަޖެއްސިކަން އިއުލާންކޮށްފަ އެވެ.

އިންޑިއާގައި އެ ކުންފުނީގެ 17 ހޮޓެލް ހިންގަ އެވެ.

"ހިލްޓަން ކަހަލަ ގްލޯބަލް ބްރޭންޑަކާ ޕާޓްނާޝިޕް ހެދުމުގެ ފުރުސަތު ލިބުމުން އަހަރެން ވަރަށް ފަހުރުވެރިވަން. އަދި މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ހިލްޓަންގެ ހޮޓެލްސްތަކަށް ޒިޔާރަތްކުރާ އިންޑިއާގެ މީހުންނަށް ވެސް ލިބޭނެ އުފަލެއް،" ދީޕިކާ ބުންޏެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެމްބަސެޑަރެއްގެ ހައިސިއްޔަތުން ދީޕިކާ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ ހިލްޓަންގެ ހޮޓެލްތައް އިޝްތިހާރުކުރުމަށް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ކެމްޕެއިންގައި ބައިވެރިވުމެވެ.

ދީޕިކާ އަންނަނީ މަޝްހޫރު އެހެން ބައެއް ބްރޭންޑުތަކުގެ ވެސް ބްރޭންޑް އެމްބަސެޑަރުކަން ކުރަމުންނެވެ. އޭގެ ތެރޭގައި، ލުއި ވުޓޯން އާއި ޑައިސަން ހެއާ ކެއާ ކަހަލަ ބްރޭންޑްތައް ހިމެނެ އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ހިލްޓަން އިން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި 7،000 ވުރެ ގިނަ ހޮޓެލް ހިންގަ އެވެ. އެ ކުންފުނީގެ ރިސޯޓުތައް ރާއްޖޭގައި ވެސް ހުރެ އެވެ.