25 ޖެނުއަރީ 2024
ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ" ގަލްފުގެ ގައުމުތަކުގައި ދެއްކުން މަނާކޮށްފި އެވެ.
ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ" ގަލްފުގެ ގައުމުތަކުގައި ދެއްކުން މަނާކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ގަލްފުގެ ގައުމުތަކުގެ ތެރެއިން މި ފިލްމު ދެއްކުމުގެ ހުއްދަ ލިބުނީ ޔޫއޭއީ އިން އެކަންޏެވެ. ނަމަވެސް، އެހެން ގައުމުތަކުގައި މި ފިލްމު ދެއްކުމުގެ ހުއްދަ ނުދޭން ނިންމި ސަބަބެއް އަދި ޔަގީންނުވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ވެސް ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.
މިއީ ދީޕިކާ އާއި ރިތިކް އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ. އޮން-ސްކްރީން ޖޯޑެއްގެ ގޮތުގައި މި ދެތަރިންގެ ކެމިސްޓްރީ ބަލައިލަން ލިބޭނެ ވެސް ފުރަތަމަ ފިލްމެވެ.
"ފައިޓާ" އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ" އަދި "ބޭންގް ބޭންގް" ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނެކެވެ. މިއީ ސިދާތުގެ ޑައިރެކްޝަނެއްގައި ރިތިކް މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. ދީޕިކާގެ ދެވަނަ ފިލްމެވެ. އަދި އަނިލް ކަޕޫރުގެ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ހާއްސަ ރޯލުތަކުން ކަރަން ސިންގް ގްރޯވާ އަދި އަކްޝޭ އޮބެރޯއީ ވެސް ފެންނާނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް މި މަހު 25 ގަ އެވެ.
"ފައިޓާ"އަށް ތިން ދުވަސް ތެރޭގައި ރަނގަޅު އާމްދަނީ
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި
"ކްރިޝް 4"ގެ ލީޑަށް ރިތިކްއާ އެކު ޝްރައްދާ
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ
ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް ފަށަނީ
"ފައިޓާ"ގައި ރިތިކް އާއި ދީޕިކާގެ ދެ ލަވަ
ރިތިކްގެ "ވޯ 2" އަޅުވާނީ 2025 ގައި
އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމުގެ ޓީޒާ
އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް