Roadha Mihaaru
"ފައިޓާ"ގައި ރިތިކް އާއި ދީޕިކާގެ ދެ ލަވަ

"ފައިޓާ"ގައި ރިތިކް އާއި ދީޕިކާ ނަށާ ދެ ލަވަ

28 ސެޕްޓެމްބަރ 2023

ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ"ގެ ލަވަތަކުގެ ޝޫޓިން ފަށައިފި އެވެ.

ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ"ގެ ލަވަތަކުގެ ޝޫޓިން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ރިތިކް އާއި ދީޕިކާ އެކުގައި ފެންނަ ދެ ލަވައެއް ގެނެސްދޭނެ އެވެ. އެ ދެ ލަވައަކީ ވެސް ލޯބީގެ ދެ ޑާންސް ނަންބަރެވެ. މިއީ ދީޕިކާ އާއި ރިތިކް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު އަދި ލަވައެއް ވެސް އެކުގައި އެ ތަރިން ކުޅޭ ފުރަތަމަ ފަހަރެވެ.

އެ ލަވަތައް ޝޫޓްކުރަނީ އިޓަލީގައި ކަމަށާއި ޝޫޓިންނަށް 15 ދުވަހު ހޭދަވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތަކުގައިވާ ގޮތުގައި އެތަނުން އެއް ލަވައިގައި، މި ފިލްމު ކުޅުމަށް ރިތިކްގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު ވަރަށް ރީއްޗަށް ދައްކާލާނެ އެވެ. އަދި އެ ލަވަތަކުގައި އިންޑިއާ އާއި އިޓަލީގެ ނެށުންތެރިން ވެސް ފެންނާނެ އެވެ.

މި ދެ ލަވައިގެ ކޮރިއޯގްރެފީ ހަދަނީ ޝާހްރުކް ހާންގެ "ޕަތާން"ގެ ލަވަ "ޖޫމޭ ޖޯ ޕަތާން"ގައި އެ މަސައްކަތް ކުރި ބޮސްކޯ މާޓިސް އެވެ. އަދި ލަވަތައް ކޮމްޕޯޒްކުރީ ފިލްމު "ވޯ"ގެ ލަވަ "ގުންގުރޫ ޓޫޓް ގައޭ"ގައި އެ މަސައްކަތް ކުރި ވިޝާލް ޝޭކަރެވެ.

"ފައިޓާ" އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ" އަދި "ބޭންގް ބޭންގް" ކަހަލަ ފިލްމުތަކުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނެކެވެ. މިއީ ސިދާތުގެ ޑައިރެކްޝަނެއްގައި ރިތިކް މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. ދީޕިކާގެ ދެވަނަ ފިލްމެވެ. އަދި އަނިލް ކަޕޫރުގެ ފުރަތަމަ ފިލްމެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 25 ގަ އެވެ.