Roadha Mihaaru
ޓޫރިޒަމާއި ހޯމް މިނިސްޓްރީ ޕީއެސް އިސްތިއުފާ ދެއްވައިފި

ޓޫރިޒަމާއި ހޯމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

07 ފެބުރުއަރީ 2024

ޓޫރިޒަމް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން އިސްތިއުފާ ދެއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ، ޓޫރިޒަމްގެ ޕީއެސްއަކަށް ހުންނެވި ފާތިމަތު ނިލްފާ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ހުށަހެޅުއްވީ އަމިއްލަ ސަބަބަކާ ހެދި ކަމަށެވެ. ހަމަ އެ ދުވަހު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށް ހުންނެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ވެސް ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހްމާން އެ މަގާމާ ހަވާލުވެވަޑައިގަތީ އޭޕްރީލް 9، 2020 ގަ އެވެ. ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލްގަ އެވެ.

ޓޫރިޒަމްގައި މަސައްކަތްކުރައްވާ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިޔާގެ ޒިންމާތަކާ ނިލްފާ ހަވާލުވެވަޑައިގަތީ މާޗު 10، 2021 ގަ އެވެ.

ސީއެސްސީން މައްސަލަތަކެއް ބަލަމުން ދަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެހެންވެ، އެ ކޮމިޝަނުން ވަނީ އެ މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާންކޮށްފަ އެވެ.