Roadha Mihaaru
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ

ކޮންގްރެސްގެ ދައުވަތު އެފްއޭއެމުން މި ކްލަބަށް ނުފޮނުވާ: ވެލެންސިއާ

04 ފެބުރުއަރީ 2024

އަންނަ ބުރާސްފަތި ދުވަހު ބާއްވާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ފޮނުވާފައި ނުވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ ބުރާސްފަތި ދުވަހު ބާއްވާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ފޮނުވާފައި ނުވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒުމީން ވިދާޅުވީ، ކޮންގްރެސްގެ ދައުވަތު އެ ކްލަބަށް ލިބިފައި ނެތް ކަމަށެވެ.

މިކަމާ ބެހޭގޮތުން އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ވެލެންސިއާ އަށް ވެސް ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ

"ކްލަބް ވެލެންސިއާ އަށް ވެސް އެހެން ހުރިހާ ކްލަބްތަކަށް ފޮނުވި ފަދައިން ދައުވަތު ވާނީ ފޮނުވާފަ،" ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމްގެ އެންމެ ބާރުގަދަ ގުނަން. ކޮންގްރެސް އިން ވެލެންސިއާ އެކަހެރި ކުރި މަށް އެ ކްލަބުން ބުނާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެ ކްލަބްގެ ކޮންޓްރޯލް މުޅިން ވަނީ ގެއްލިފަ އެވެ. ބުނާއިރު އެފްއޭއެމްގެ ރައީސް ބައްސާމްގެ ގާތް ތިން ބޭފުޅަކު ވަނީ މިދިޔަ ހަފުތާގައި ވެލެންސިއާގެ ބޯޑުން ވަކި ކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެލެންސިއާގެ ކުޅުންތެރިޔެއއްގެ ކަރުގައި މެޑަލް އަޅުވައި ދެނީ: ފުޓްބޯޅައިގެ އާ ސިޒަން ފަށާނެ ދުވަހެއް ނޭނގެ --- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެލެންސިއާގެ ކުޅުންތެރިޔެއއްގެ ކަރުގައި މެޑަލް އަޅުވައި ދެނީ: ފުޓްބޯޅައިގެ އާ ސިޒަން ފަށާނެ ދުވަހެއް ނޭނގެ --- ފޮޓޯ: އެފްއޭއެމް

ބޯޑުން ވަކި ކުރީ ބައްސާމްއާ ގާތް ގުޅުމެއް އޮންނަ އަދި އެފްއޭއެމްގެ މެއިންޓެނެންސް ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހުސަން ވަހީދު (ދޮނާ) އާއި ބައްސާމާ އާއިލީ ގުޅުން އޮންނަ ދެ ބޭފުޅުން ކަމަށްވާ އަލީ މަމްދޫހް މުހައްމަދު އަދި މިސްބާހް މުހައްމަދެވެ.

އެ ތިން ބޭފުޅުން ވަކިކޮށް ބަދަލުގައި ބޯޑަށް އައްޔަން ކުރީ ވެލެންސިއާގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އަހްމަދު ޝަރީފް (މަޑޭ) އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ދާން ނިންމީ ހަތަރު އަހަރު ވަންދެން ނުހަދާ އޮތް ކޮމިޓީތައް އެކުލަވާ ލުމަށެވެ.

މައުގެ ބެލުމުގެ ދަށުން ވެލެންސިއާ އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ވެލެންސިއާއިން ވަނީ މިހާރު ބޯޑް ބަދަލުކޮށްފަ .-- ފޮޓޯ: ނިޝާން އަލީ | މިހާރު

މައުގެ ބެލުމުގެ ދަށުން ވެލެންސިއާ އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ވެލެންސިއާއިން ވަނީ މިހާރު ބޯޑް ބަދަލުކޮށްފަ .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮންގްރެސްގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދެ ވޯޓް ދެވޭނެ އެވެ. އެހެންވެ އެ ޑިވިޝަނުގެ ކްލަބްތަކުން ދެ މަންދޫބުން ތަމްސީލު ކުރާނެ އެވެ. ވެލެންސިއާއިން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭނީ އަޒްމީނުގެ އިތުރުން ނައިބު ރައީސް އިލްމާއު ހުސައިން (މައު) އެވެ.

ބައްސާމްގެ ޓީމުގެ ފަރާތުން އިންތިހާބަށް ވާދަކުރާ މުފާވިޒު ހާޝިމް (މުފާ) އަށް ތާއީދު ކުރި މައު ވަނީ މީގެ ކުރިން އަޒުމީނާ ދެކޮޅަށް މީޑިއާގައި ވެސް ވާހަކަ ދައްކައިފަ އެވެ. ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) އާ އެކު ވެލެންސިއާގެ ކޯޗިން ޓީމުގައި ވެސް މަސައްކަތް ކުރާ މައު، ވެލެންސިއާގެ ބޯޑްގެ އަޒުމީނާއި ވެލެންސިއާގެ ބޯޑްގެ އެހެން މެންބަރުންނާ އެކު މިހާރު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާ ވަނީ ލިބިފަ އެވެ.