04 ފެބުރުއަރީ 2024
ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ހުކުމުން ދެ ބައިކުޅަ އެއް ބައި އުނިކޮށް ހުކުމުގެ މުއްދަތު ހަ އަހަރަށް ކުރުކޮށްދޭން ނިންމައިފި އެވެ.
ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ހުކުމުން ދެ ބައިކުޅަ އެއް ބައި އުނިކޮށް ހުކުމުގެ މުއްދަތު ހަ އަހަރަށް ކުރުކޮށްދޭން ނިންމައިފި އެވެ.
ކުށްތަކަށް މާފުދިނުމާ ބެހޭ ކަންކަން ނިންމާ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ "ބޯޑަށް ލިބުނު ލަފަޔާއި އިރުޝާދުތަކަށް ބަލައި ޖަލު ހުކުމުން ހަ އަހަރު އުނިކުރަން ނިންމީ" ކަމަށެވެ.
ވަކި ތަރުތީބަކުން ރަސްކަން ބަދަލުވާ ގޮތަށް އޮންނަ މެލޭޝިއާގައި މިގޮތަށް ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ވާއިރު އެއީ ބޯޑުގެ ޗެއާމަންގެ މަގާމު އަދާކުރައްވާ ރަސްގެފާނުގެ ދައުރު ހަމަވެ އާ ބޭފުޅަކަށް ތަހުތު ހަވާލުކުރުމުގެ ދެ ދުވަސް ކުރި އެވެ. ބޯޑުގައި ރަސްގެފާނުގެ އިތުރުން އެޓާނީ ޖެނެރަލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަދަބު ލުއިކުރަން ނިންމުމާ ގުޅޭ ގޮތުން ބަޔާނުގައި އިތުރު ތަފްސީލެއް ނުދެ އެވެ. އެކަމަކު ނަޖީބް 2028 ވަނަ އަހަރު މިނިވަންވާނެ ކަމަށާއި އޭނާ ދައްކަންކެހޭ ޖޫރިމަނާ ވެސް 50 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) އަށް ކުޑަކޮށްފައިވާ ކަމަށެވެ. އެކަމަކު ޖޫރިމަނާ ނުދެއްކިއްޖެ ނަމަ ޖަލު ހުކުމަށް އެއް އަހަރު އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
ނަޖީބް 12 އަހަރަށް ޖަލަށް ލާން 2020 ވަނަ އަހަރު ހުކުމްކުރީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވިކަން ސާބިތުވެގެންނެވެ.
ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.
ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު 1އެމްޑީބީ އުފެއްދީ އިންވެސްޓްމަންޓް ބޭންކެއްގެ ގޮތުގަ އެވެ. އެ ބޭންކުން ކޮރަޕްޝަން ހިންގާކަން 2015 ވަނަ އަހަރުން ފެށިގެން ފަޅާއަރަން ފެށި އެވެ. މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ. --އޭއެފްޕީ
ނަޖީބުގެ އަނބިކަނބަލުން ވެސް ކުށްވެރިވެ ޖަލަށް
ނަޖީބް ރައްޒާގުގެ 12 އަހަރުގެ ހުކުމް ދަމަހައްޓައިފި
ނަޖީބުގެ 12 އަހަރުގެ ހުކުމް އިސްތިއުނާފަށް
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އުސް އިމާރާތް ހުޅުވަނީ
"ނަޖީބު މަސައްކަތްކުރީ އަމިއްލަ އަށް މުއްސަނދިވާން"