28 އޮކްޓޯބަރ 2019
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ހިންގި 1 މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ ކޮރަޕްޝަންގެ ތެރެއިން އެ ގައުމުގައި އިމާރާތްކޮށްފައިވާ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އުސް އިމާރާތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ހިންގި 1 މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ ކޮރަޕްޝަންގެ ތެރެއިން އެ ގައުމުގައި އިމާރާތްކޮށްފައިވާ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އުސް އިމާރާތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.
"ދި އެކްސްޗޭންޖް 106" ގެ ނަން ދީފައިވާ އިމާރާތް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް މިދިޔަ ބުދަ ދުވަހު އެތަން ވަނީ ނޫސްވެރިންނަށް ވެސް ދައްކާލައިފަ އެވެ. ނަމަވެސް އިމާރާތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ވަގުތު ރަސްމީކޮށް ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ހުރީ ވިއެޓްނާމްގެ ހޯ ޗީ މިންހް ސިޓީގައި ހުންނަ 81 ބުރީގެ "ލޭންޑްމާކް 18" އެވެ. އެތަނުގެ އުސްމިނުގައި ހުންނަނީ 461.15 މީޓަރު (1,513.0 ފޫޓް) އެވެ. އެ އިމާރާތަކީ 14 ވަނަ އަށް ދުނިޔޭގެ އެންމެ އުސް އިމާރާތެވެ.
ޖުމްލަ 70 އޭކަރުގެ ސަރަހައްދެއްގައި 106 ބުރިއަށް ހަދާފައިވާ "އެކްސްޗޭންޖް 106" އަކީ 1998-2004 އާ ހަމައަށް ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮތް މެލޭޝިއާގެ ކުއަލަ ލަމްޕޫރްގެ ޕެޓްރޯނަސް ޓަވަރަށް ވުރެ 40 މީޓަރު (131 ފޫޓް) އުސްކޮށް ހަދާފައިވާ ތަނެކެވެ. "ދި އެކްސްޗޭންޖް 106" ގެ އުސްމިނަކީ 493 މީޓަރެވެ.
ނަޖީބްގެ މައްޗަށް ކުރެވުނު ކޮރަޕްގެ ތުހުމަތުތަކާ އެކު، "ދި އެކްސްޗޭންޖް 106" ގެ މަސައްކަތް ހުއްޓިދާނެ ކަމަށް ބެލެވުނަސް، މި ޕްރޮޖެކްޓް ހުއްޓާނުލައި ކުރިއަށް ގެންގޮސް ވަނީ ނިންމާލައިފަ އެވެ.
އެތަން ހުޅުވާ އިރު 93 ފްލޯގައި އޮފީސް ބައިތަކާއި ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި އަދި އެ ނޫން ވެސް ގިނަ ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެ އެވެ. މި އިމާރާތް ބިނާކޮށްފައި ހުރީ ތުން ރަޒާކް އެކްސްޗޭންޖް (ޓީއާރްއެކްސް) ގެ ނަމުގައި ބިޔަ މަޝްރޫއެއް ކުރިއަށް ގެންދަން ނަޖީބުގެ ވެރިކަމުގައި ނިންމާފައިވާ ސަރަހައްދުގަ އެވެ.
މެލޭޝިއާގެ ފިނޭންސް މިނިސްޓަރު ލުމް ގުއަންގް އެންގް މިދިޔަ އަހަރު ވިދާޅުވި ގޮތުގައި ޓީއާރްއެކްސް އަށް 3.7 ބިލިއަން މެލޭޝިއަން ރިންގިޓް (884 މިލިއަން ޑޮލަރު) އިންވެސްޓްކުރަން ނިންމާފައިވާ އިރު، އެ ފައިސާގެ ތެެރެއިން ބޮޑު ބައެއްގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވެ އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ޖަލު ހުކުމް ކުރުކޮށްފި
ނަޖީބުގެ އަނބިކަނބަލުން ވެސް ކުށްވެރިވެ ޖަލަށް
ނަޖީބް ރައްޒާގުގެ 12 އަހަރުގެ ހުކުމް ދަމަހައްޓައިފި
ނަޖީބުގެ 12 އަހަރުގެ ހުކުމް އިސްތިއުނާފަށް
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
ދެވަނަ އަށް އެންމެ އުސް އިމާރާތް މެލޭޝިއާގައި
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ