ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ އަގު ބޮޑެތި މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
01 ފެބުރުއަރީ 2024
ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ އަގު ބޮޑެތި މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލާގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އެ އަމުރު އިސްތިއުނާފް ކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށެވެ. އަދި އެގޮތަށް ނެރޭ އަމުރުތައް މުރާޖާކުރަން ދަށު ކޯޓުގައި އެދުމުގެ ފުރުސަތު އޮންނައިރު މަންޑޭގެ ފަރާތުން އެގޮތަށް އަމަލު ކޮށްފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ އަމުރު މުރާޖާކުރަން މަންޑޭގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާތީ، އެ އަމުރާ މެދު މިވަގުތު ގޮތެއް ނިންމެން ނެތް ކަމަށް ހުކުމްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން މަޒީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މާނިއު އެވެ.
ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.
މަންޑޭގެ މުދާތައް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލަނީ
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
މީހަކު މަރުވި އެކްސިޑެންޓްގައި ބަންދުކުރީ ރަނގަޅަށް
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ