31 ޖެނުއަރީ 2024
އިންޑިއާ އާއި ސްރީލަންކާ އާ ދެމެދު އޮތް ގާތް ގުޅުމަށް އިޝާރާތް ކުރައްވައި، އިންޑިއާގެ ރައްޔިތުންގެ ޗުއްޓީގެ މަންޒިލަކަށް ލަންކާ ހެދުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރު ގޮވާލައްވައިފި އެވެ.
އިންޑިއާ އާއި ސްރީލަންކާ އާ ދެމެދު އޮތް ގާތް ގުޅުމަށް އިޝާރާތް ކުރައްވައި، އިންޑިއާގެ ރައްޔިތުންގެ ޗުއްޓީގެ މަންޒިލަކަށް ލަންކާ ހެދުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރު ގޮވާލައްވައިފި އެވެ.
އައިއައިއެމް މުމްބާއީގައި ވާހަކަ ދައްކަވަމުން ޖަޔަޝަންކަރު ވަނީ ލަންކާއަށް ކުރިމަތިވި އިގުތިސޯދީ ކާރިސާ އާއި އެކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑު ފުރަތަމަ ނަސޭހަތަކީ، ދެން ޗުއްޓީއެއް ނަގާއިރު، ޗުއްޓީ ހޭދަކޮށްލަން ލަންކާ އަށް ދިޔުމަށް،" އިންޑިއާގެ ރައްޔިތުންނަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވި އެވެ.
"އެތަނުގެ [ލަންކާ]ގެ އާންމު މީހަކާ ވާހަކަ ދައްކާލައި އަހާލަބަލަ އިންޑިއާ އާ މެދު ދެކެނީ ކިހިނެއްތޯ؟ ލިބޭ ޖަވާބުން މުޅި މިހާ ބޮޑުވެގެން ދާ ފަދަ އިހުސާސެއް ކުރެވޭނެ."
އިންޑިއާ ރައްޔިތުން ޗުއްޓީ ހޭދަކުރަން އަނެއްކާ ވެސް ރާއްޖެ ނޫން މަންޒިލެއް ޖަޔަޝަންކަރު ޕްރޮމޯޓް ކުރައްވާފައިމިވަނީ، އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނަކާ އެކު، ދެ ގައުމުގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންގެ މެދުގައި ފެށުނު ބޮޑު ހަނގުރާމައިން ދެ ގައުމުގެ ހާރިޖީ ގުޅުމަށް ވެސް ލޮޅުން އަރުވާލާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކަމުގެ ތެރެއަށް އިންޑިއާގެ ބޮލީވުޑް އެކްޓަރުންނާއި މަޝްހޫރު ޝަހުސިއްޔަތުތައް ވަދެ ރާއްޖެ ބޮއިކޮޓު ކުރަން ވަނީ ގޮވާލައިފަ އެވެ.
ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެކަމަކު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އިންޑިއާ ވަނީ އެ ލިސްޓުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ.
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިނޯދް ޗޯޕްރާއާ އެކު
އިންޑިއާ ޓޫރިސްޓުން އިތުރު ކުރަން ރޯޑްޝޯތަކެއް ބާއްވަނީ
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
އިންޑިއާގެ ޓޫރިސްޓުން މަދުވީތަ؟ ތަފާސްހިސާބަށް ޖެހިލަމާ
ސޮހައިލް ހާން ދަރިންނާ އެކު ޗުއްޓީއަށް ރާއްޖެއަށް