31 ޖެނުއަރީ 2024
ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަތުމަށް ގައުމުތަކުން މަސައްކަތް ކުރަމުން އަންނަ އިރު އައިއެމްއެފްގެ ފޯކާސްޓުތަކަށް ވަނީ އުންމީދީ ބަދަލުތަކެއް ގެނެސްފަ އެވެ. ދުނިޔޭގެ އިގްތިސާދު ވަށާލާފައި އޮތް އަދިރި ވިލާތައް މިވަނީ މަޑުމަޑުން އެއް ފަރާތަށް ޖެހެން ފަށައިފަ އެވެ. އިގްތިސާދުތައް މިސްރާބު ޖަހާފައި އޮތީ އަލި މަގަކަށެވެ. އެކަމުގެ އެއް ހެއްކަކީ ދުނިޔޭގެ އިންފްލޭޝަން ރޭޓު ދަށަށް ދާން ފެށުމާއި އިގްތިސާދީ ދުވެލި އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމެވެ.
ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަތުމަށް ގައުމުތަކުން މަސައްކަތް ކުރަމުން އަންނަ އިރު އައިއެމްއެފްގެ ފޯކާސްޓުތަކަށް ވަނީ އުންމީދީ ބަދަލުތަކެއް ގެނެސްފަ އެވެ. ދުނިޔޭގެ އިގްތިސާދު ވަށާލާފައި އޮތް އަދިރި ވިލާތައް މިވަނީ މަޑުމަޑުން އެއް ފަރާތަށް ޖެހެން ފަށައިފަ އެވެ. އިގްތިސާދުތައް މިސްރާބު ޖަހާފައި އޮތީ އަލި މަގަކަށެވެ. އެކަމުގެ އެއް ހެއްކަކީ ދުނިޔޭގެ އިންފްލޭޝަން ރޭޓު ދަށަށް ދާން ފެށުމާއި އިގްތިސާދީ ދުވެލި އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމެވެ.
މިދިޔަ އަހަރު ގައުމުތަކުން އިގްތިސާދީ ހަރަކާތްތައް ހިންގާފައި ވަނީ، ދިމާވި ގޮންޖެހުންތަކަށް ކުރިމަތިލައިގެން ކަމަށް މާލީ އިދާރާ، އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ގައުމުތަކުން ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް، އަދި ސަރުކާރުތަކުގެ ހަރަދުތައް ހުއްޓާނުލައި އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތުތައް ފަހިކޮށްދީފަ އެވެ. މާލީ ގޮތުން ބޭންކުގެ އިންޓްރެސްޓް ރޭޓުތައް ބޮޑުވި ނަމަވެސް ސަރުކާރުތަކުން އިސްކަން ދިނީ، އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ހިންގަން ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އިގްތިސާދާއި އިންފްލެޝަން ހުންނާނެ ކަމަށް އައިއެމްއެފް އިން ލަފާކުރާގޮތް -- ފޮޓޯ: އައިއެމްްއެފް
ދޭދޭ ގައުމުތަކުގެ މެދުގައި ހަމަނުޖެހުންތައް ހުރި ނަމަވެސް، އުމްރާނީ މަސައްކަތްތަކުގައި އާންމުންގެ ބައިވެރިވުން ޖުމްލަކޮށް އިތުރުވެ، ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ލުއިތައް ކުރިމަތިވެ ތެލާއި އެހެންނިހެން ތަކެތީގެ އަގުތައް ދަށަަށް ދިއުމަށް މަގުފަހިވި އެވެ.
"މިއާ އެކު ދުނިޔޭގެ އިގްތިސާދު ކުރިއަށްދާ ވަރު 3.1 ޕަަސެންޓުގައި ހިފެހެއްޓޭނެ. މިއީ އޮކްޓޫބަރުގައި ކުރި އަންދާޒާއަށްވުރެ ރަނގަޅު އަންދާޒެއް،" އައިއެމްއެފްގެ ރިޕޯޓުގައިވެ އެވެ.
އައިއެމްއެފް އިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ޔޫރަޕްގެ އިގްތިސާދު ކުރިއަރާނީ 1.2 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ޔޫރަޕްގެ އިގްތިސާދު ކުރިއަށް ގޮސްފައި ވަނީ 0.7 ޕަސެންޓުގަ އެވެ. އެހެންވެ މިއީ 0.5 ޕަސެންޓުގެ ކުރިއެރުމެކެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަންވިލާތާއި ފްރާންސް ފަދަ ގައުމުތަކުގެ އިގްތިސާދު މިދިޔަ އަހަރަށް ވުރެ ކުރިއަށްދާނެ ކަމަށް އައިއެމްއެފް އިން ލަފާކުރެ އެވެ.
އިނގިރޭސިވިލާތުގެ އިގްތިސާދު 0.6 ޕަސެންޓުގައި ކުރިއަށްދާ އިރު އިޓަލީގެ އިގްތިސާދު ކުރިއަރާ ސްޕީޑު ވެސް ހުރީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.
ފްރާންސްގެ މާކެޓެއްްގައި މީހަކު ތަކެތި ގަންނަނީ. އަންނަ އަހަރު ފްރާންސްގެ އިގްތިސާދު ވެސް މިދިޔަ އަހަރަށް ވުރެ ރަނގަޅު ވާނެ ކަމަށް އައިއެމްއެފް އިން ވަނީ ލަފާކޮށްފައި -- ފޮޓޯ: ރޮއެޓާސް
ޔޫރަޕްގެ އިތުރުން ކެނެޑާ އާއި ތަރައްގީވެފައިވާ އެހެން ގައުމުތަކުގެ އިގްތިސާދުތައް ވެސް މިދިޔަ އަހަރަށް ވުރެ ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވެ އެވެ.
ރާއްޖެއާ ގުޅުން އެންމެ ރަނގަޅު ޗައިނާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.6 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 0.6 ޕަސެންޓު ދަށް އަދަދެކެވެ.
އެމެރިކާގެ ބޭންކްތަކުގެ އިންޓްރެސްޓް ރޭޓުތައް އުފުލުމުގެ ސަބަބުން އިގްތިސާދީ ދުވެލި ވަނީ 0.4 ޕަސެންޓަށް ދަށްވެފަ އެވެ. އެހެން ނަމަވެސް ބްރެޒިލް އާއި އިންޑިއާ އާއި ސެންޓްރަލް އޭޝިއާގެ ގިނަ ގައުމުތަކުގެ އިގްތިސާދު ވެސް ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފަ އެވެ. އިންޑިއާގެ އިގްތިސާދު 6.5 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ސްޕީޑަށް ވުރެ 0.2 ޕަސެންޓު ދަށް އަދަދެކެވެ.
އިގްތިސާދީ ދުވެލި ވަކި ވަކި ގައުމުތަކުގައި ހުންނާނެ ގޮތުގެ ތަފްސީލު -- ފޮޓޯ: އައިއެމްއެފް
އިގްތިސާދީ ދުވެލީގެ އިތުުރން ދުނިޔޭގެ އިންފްލެޝަން ރޭޓު ވެސް ވަނީ 4.9 ޕަސެންޓަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި އައިއެމްއެފް އިން ލަފާކުރި އަދަދަށް ވުރެ 0.4 ޕަސެންޓުގެ ދަށްވުމެކެވެ.
އައިއެމްއެފް އިން ބުނީ، ގައުމުތަކުން އިގްތިސާދުތައް އިކަވާ ކުރުމަށް މެދުރާސްތާގެ އިގްތިސާދީ ކުރިއެރުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 3.2 ޕަސެންޓުގަ އެވެ. އަދި މިހާރަށް ވުރެ ބާރު ސްޕީޑުގައި އިގްތިސާދުތައް ކުރިއަށް ގެންދެވިގެން ނޫނީ، ދެމެހެއްޓިނި ތަރައްގީއަށާއި އާންމުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަން ނުދެވޭނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އުގަމުތަކަށް ކުރިމަތިވާ ޝޮކްތަކުން އަރައިގަތުމުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އެކަމުގެ އަސަރު ކުޑަކުރުމަށް މަގުފަހިވާނެ. އޭގެ ތެރޭގައި މެކްރޮއިކޮނޮމިކް، ސްޓްރަކްޗަރަލް އަދި ފިސްކަލް ޕޮލިސީ ފްރޭމްވޯކް ހަރުދަނާކުރުން ހިމެނޭ. ފިސްކަލް އަދި ފައިނޭންޝަލް ބަފާތައް ބިނާކުރުން؛ ތަކެތީގެ ސަޕްލައި އަށް ކުއްލި އަކަށް ބުރޫ އަރައިފި ނަމަ އެކަމަށް ތައްޔާރުވުމުގެ ޕްލޭންތައް ހަދަން ޖެހޭ،" އައިއެމްއެފްގެ ރިޕޯޓުގައިވެ އެވެ.
އައިއެމްއެފް ރިޕޯޓުގައިވާ ގޮތުން ގައުމުތަކުގެ އިގްތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށް ޓްރޭޓް ބެރިއާތައް އުވާލާއި، ގައުމުތަކުގެ މެދުގައި ތަކެތި ސަޕްލައި ކުރުމަށް ލުއި ގޮތްތައް އެކުލަވައިލުން ވަރަށް މުހިއްމު ކަމަށެވެ.
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު
ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ދަށަށް: އައިއެމްއެފް
އައިއެމްއެފް އިން އެދުނީ ދަރަނި ހަމަޔަކަށް އަޅުވަން
ޖީ7 އިން އިގްތިސާދު ދަށަށް ދާނީ އިނގިރޭސި ވިލާތް
"ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ"