31 ޖެނުއަރީ 2023
އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހަތް ގައުމު (ޖީ7)ގެ ތެރެއިން، މިއަހަރުގެ ތެރޭގައި އިގްތިސާދު ދަށަށް ދާނެ ހަމައެކަނި ގައުމަކީ، އިނގިރޭސި ވިލާތް ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހަތް ގައުމު (ޖީ7)ގެ ތެރެއިން، މިއަހަރުގެ ތެރޭގައި އިގްތިސާދު ދަށަށް ދާނެ ހަމައެކަނި ގައުމަކީ، އިނގިރޭސި ވިލާތް ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފް އިން ބުނި ގޮތުގައި އިނގިރޭސި ވިލާތަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ އަސަރު، އެ ގައުމުގެ އެންމެ އާދައިގެ ގޭބިސީތަކަށް ވެސް މިހާރު ދަނީ ފޯރަމުންނެވެ. އެހެންކަމުން، މިއަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިގްތިސާދު، ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ވެސް ބޮޑަށް ދަށަށް ދާނެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި އައިއެމްއެފް އިން އަންދާޒާ ކޮށްފައިވަނީ، މިއަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިގްތިސާދު ކޮންމެވެސް މިންވަރަކަށް ކުރިއަރާނެ ކަމަށެވެ. އެހެން ނަމަވެސް، ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލިފައިވުމާއި، އިންފްލޭޝަން ރޭޓް އަދިވެސް މައްޗަށް ދާތީ، އިނގިރޭސި ވިލާތުގެ އިގްތިސާދު މިއަހަރުގެ ތެރޭގައި 0.6 ޕަސެންޓް ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
އައިއެމްއެފްގެ ވޯލްޑް އިކޮނޮމިކް އައުޓްލުކްގެ އެންމެ ފަހުގެ ހިސާބުތައް ބުނާ ގޮތުން އިނގިރޭސި ވިލާތުގެ ޖީޑީޕީ މިއަހަރުގެ ތެރޭގައި 0.3 ޕަސެންޓް ދަށަށް ދާނެ އެވެ. އެހެންކަމުން، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރެއިން، މިއަހަރުގެ ތެރޭގައި ޖީޑީޕީ ދަށަށް ދާނެ ހަމައެކަނި ގައުމަކީ ވެސް އިނގިރޭސި ވިލާތް ކަމަށް، އައިއެމްއެފް އިން ބުނެ އެވެ.
މިއަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިގްތިސާދު ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވުނަސް، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދު 0.9 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އައިއެމްއެފް އިން އަންދާޒާ ކުރެ އެވެ.
ގައުމެއްގެ އިގްތިސާދު ދަނީ ދަށަށްތޯ ނުވަތަ ދަނީ މައްޗަށްތޯ ބެލުމަށް އައިއެމްއެފް އިން މައިގަނޑު ގޮތެއްގައި ބަރޯސާވާ މިންގަނޑަކީ އެ ގައުމެއްގެ ޖީޑީޕީ އަށް އަންނަ ބަދަލުތަކެވެ.
ގައުމެއްގެ ޖީޑީޕީ އަހަރެއްގެ ދެ ކުއާޓަރުގައި ޖެހިޖެހިގެން ދަށަށް ހިނގައްޖެ ނަމަ، ބަލަނީ އެ ގައުމެއްގެ އިގްތިސާދު އެ އޮތީ ހުއްޓިފައި ކަމަށެވެ. ގައުމެއްގެ އިގްތިސާދު ހުއްޓިއްޖެ ނަމަ، ވިޔަފާރި ކުންފުނިތަކަށް ލިބޭ ފައިސާ މަދުވެ، ވަޒީފާ ނެތް މީހުންގެ އަދަދު މައްޗަށް ދާން ފަށަ އެވެ.
އިންޑިއާ-އިނގިރޭސިން މިނިވަން ވިޔަފާރީގެ މަޝްވަރާކުރަނީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު
ދުނިޔޭގެ އިގްތިސާދު: ދުވެލި ދަށްވިޔަސް ސަލާމަތްވާނެ
ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ދަށަށް: އައިއެމްއެފް