Roadha Mihaaru
ހުޅުމާލެ 3، ގުޅިފަޅުގެ އެލްޔޫޕީ މި ހަފްތާގައި އާންމުކުރަނީ

ހުޅުމާލެ 3 އާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ނިންމައި މި ހަފުތާގައި އާންމުކުރަނީ

21 ޖެނުއަރީ 2024

ހުޅުމާލޭ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭން މިހާރު އެއްކޮށް ފައިނަލް ކޮށްފައިވާ ކަމަށާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންވެސް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލޭ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭން މިހާރު އެއްކޮށް ފައިނަލް ކޮށްފައިވާ ކަމަށާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންވެސް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.

ބިންވެރިންގެ ސައްލާގެ ނަމުގައި އަމިއްލަ ހަތަރު ޖަމިއްޔާއެއް ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދިލްޝާން އަބްދުﷲ ވިދާޅުވީ، ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުން ފުރަތަމަ ގޯތިތައް ދިން އިރު އެ ތަނުގެ ތަފުސީލީ ލޭންޑް ޔޫސް ޕްލޭނެއް ހަދާފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގެ 10 ވަރަކަށް ޕަސެންޓުގައި މައްސަލައެއް އުޅޭތީ މިހާރު ކުރަނީ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ.

"މި ހަފުތާ ތެރޭގައި ދެ އެލްޔޫޕީ ރައްޔިތުންނާ ހަމައަށް ނެރެވޭ ވަރަށް މަސައްކަތް ކުރެވިފައި އޮތީ،" ދިލްޝާން ވިދާޅުވި އެވެ.

ރޭ ކުރިއަށް ދިޔަ ބިންވެރިންގެ ސައްލާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭ ކުރިއަށް ދިޔަ ބިންވެރިންގެ ސައްލާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގިރާވަރުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުން އަންނީ ގުޅިފަޅު ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން އިތުރަށް ހިއްކާ ބިމާއި އިތުރަށް ގިރާވަރުން ހިއްކާ ބިން ވެސް ހިމަނައިގެން ކަމަށް ދިލްޝާން ވިދާޅުވި އެވެ.

ގިރާވަރު ލޭންޑް ޔޫސް ޕްލެން ހެދުމުގައި ބިންވެރިންގެ ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދީފައިވާ ކަމަށް އެ ޖަމިއްޔާތަކުން ރޭ ވަނީ ބުނެފަ އެވެ.

ރޭގެ ބައްދަލުވުން ބޭއްވީ ގިރާވަރު މާލެ ސިޓިޝަން އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ ގުޅިގެންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް ހަވާލު ކުރި އެވެ.