21 ޖެނުއަރީ 2024
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިޒްރޭލުން އަދިވެސް އެއްބަސްވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމުން ހަމާސް އިން އެ ވާހަކައަށް ރައްދު ދީފި އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިޒްރޭލުން އަދިވެސް އެއްބަސްވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމުން ހަމާސް އިން އެ ވާހަކައަށް ރައްދު ދީފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ކެނޑިނޭޅި ހަމަލާ ދެމުން ދާއިރު މިދިޔަ މަހެއްހާ ދުވަސް ތެރޭ އިޒްރޭލާއި އެމެރިކާގެ ވެރިން ފުރަތަމަ ފަހަރަށް ފޯނުން ކުރެއްވި މަޝްވަރާތަކަށް ފަހު ބައިޑެން ހުކުރު ދުވަހު ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް "ކޮންމެވެސް ސިފައެއްގައި" އުފެއްދުމަށް އިޒްރޭލު އެއްބަސްވެދާނެ ކަމަށެވެ.
"ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވާހަކައިން އަވާމެންދުރު ދައްކަން އުޅުނަސް ފަލަސްތީނު ރައްޔިތުން މޮޔައެއް ނުހެއްދޭނެ،" ހަމާސްގެ ސިޔާސީ ގޮފިން ނެރުނު ބަޔާނެއްގައި އެ ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ އިއްޒަތު އަލްރިޝްގް ވިދާޅުވި އެވެ.
"ބައިޑެން އަކީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ޖަރީމާގެ ބައިވެރިއެއް. އަހަރެމެން ބައިޑެންގެ ފަރާތުން ރަނގަޅު އެއްވެސް ކަމަކަށް އުންމީދެއް ނުކުރަން."
ފަލަސްތީނުގެ ދައުލަތެއް އުފައްދަން އެއްބަސް ނުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވިޔަސް ބައިޑެން ފޯން ކޯލަށް ފަހު ވިދާޅުވީ އިޒްރޭލާއި ފަަލަސްތީނަށް ވެސް ދައުލަތެއް އުފެއްދުމަށް ގެންގުޅޭ ޒަމާންވީ ވިސްނުމަށް އިޒްރޭލުން އަދިވެސް އެއްބަސްވެދާނެ ކަމަށެވެ.
"ދެ ދައުލަތް އުފެއްދިދާނެ ކިތަންމެ ގޮތެއް އެބަ އޮތް. އަމިއްލަ އަސްކަރިއްޔާއެއް ނެތް އދ.ގެ މެންބަރު ގައުމުތައް ވެސް އެބަ ތިބި،" ބައިޑެން ވިދާޅުވި އެވެ.
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކުގައި 1،140 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 25،000 މީހުން ޝަހީދުކޮށްލައިފަ އެވެ. އެކަމަކު އަދިވެސް އިޒްރޭލުން ބުނަމުން ދަނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. --އޭއެފްޕީ
އިޒްރޭލަށް ބައިޑެންގެ ނުރުހުން: ޣައްޒާގައި ހެދީ ގޯސް
ރޯދަޔަށް ޣައްޒާގެ ހަމަލާތައް ހުއްޓުވަން ދަތި: ބައިޑެން
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ގާޒާ ހަނގުރާމަ ހުއްޓާލަން ބައިޑެން ބޭނުމެއް ނޫން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
އެހީގެ ސާމާނު ގާޒާއަށް ވައްދަން އެއްބަސްވެއްޖެ
ގާޒާ އަށް އަރައިގަންނަން އިޒްރޭލު ސިފައިން ތައްޔާރު
ޝަރުތަކާނުލައި ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލަނީ
ހަމާސްއިން ޣައްޒާ ދޫކޮށްލުމާ ބެހޭ މަޝްވަރާތައް ފަށައިފި
ޣައްޒާގެ ހަމަލާތައް ހުއްޓުވޭނެ އެއްބަސްވުމެއް އަދި ނެތް