ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ރޯދަ މަހަށް ހުއްޓުމަކަށް ގެނެވޭތޯ ކުރަމުން އަންނަ މަސައްކަތުގައި އުންމީދު ކުޑަ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ރޯދަ މަހަށް ހުއްޓުމަކަށް ގެނެވޭތޯ ކުރަމުން އަންނަ މަސައްކަތުގައި އުންމީދު ކުޑަ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު އެއްބަސްވުމެއް ހަދައިގެން ރޯދަ މަހު ހަމަލާ ނުދޭނެ ގޮތެއް ވޭތޯ ބަލަން، ސުލްހައިގެ ވާހަކަތަކުގެ މެދުވެރިން މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
"މިކަން ފެންނަނީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި،" ފަސް މަސްވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ ވެސް ބައިވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ބައިޑެން ހުކުރު ދުވަހު ވިދާޅުވި އެވެ.
ބައެއް ގައުމުތަކުގައި އާދީއްތަ ދުވަހު ރޯދަ މަސް ފަށާއިރު ބައިޑެން ވިދާޅުވީ ރޯދަ މަހު ޣައްޒާގައި ހަމަލާތައް ކުރިއަށް ދާއިރު އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ވެސް ރޯދަ މަހު ހަމަނުޖެހުން ހިނގުމުގެ ފުރުސަތު މި ފަހަރު އަދި މާ ބޮޑު ކަމަށެވެ. އެހެންވެ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ހަމާސްގެ އަސްކަރީ ގޮފިން ހުކުރު ދުވަހު ވަނީ ގުދުސްގައި ހުންނަ އަގްސާ ހަރަމްފުޅަށް މި ރޯދަ މަހު މިސްރާުބު ޖެހުމަށް އެ ޖަމާއަތުގެ ސަޕޯޓަރުންނަށް ގޮވާލައިފަ އެވެ.
މުސްލިމުންގެ ފުރަތަމަ ގިބްލަށް ކަމަށްވާ އަގްސާ ހުންނަ ސަރަހައްދަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އިޒްރޭލުން މުސްލިމުންނާ ދެކޮޅަށް ހަރުކަށިކަން ދައްކައި ހަމަނުޖެހުންތައް ހިނގާ ސަރަހައްދެކެވެ.
އަދި ހަމާސް އިން ބުނީ ހަމަލާތައް ހުއްޓާލުމަށް ކުރަމުން އަންނަ މަޝްވަރާގައި، އިޒްރޭލުގެ ރަހީނުން މިނިވަންކުރުމަށް ޑިމާންޑްކުރަމުން ދިޔަ ނަމަވެސް އެކަމުގައި ހަމާސް އިން ކުރިމަތިކޮށްފައިވާ ޝަރުތުތަކަށް ކުޑަ ވެސް ދުލެއް ނުދޭނެ ކަމަށެވެ. ހަމާސް އިން ބުނަނީ ރަހީނުކުރި މީހުން ދޫކޮށްލާނީ ހަމަލާތައް ހުއްޓާލައި ޣައްޒާގެ ހިސާރު އިޒްރޭލު ދޫކޮށްލުމުން ކަމަށެވެ. -- އޭއެފްޕީ
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ
މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަނީ
ޣައްޒާގައި ކުޑަކުދިންނާއެކު 33 މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގައި މިއަދުވެސް 70 އަށްވުރެ ގިނަ މީހުން ޝަހީދު
ނަކްބާ ދުވަހު ޣައްޒާގައި 143 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި 80 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފި
ހަމާސް އިން އެމެރިކާ-އިޒްރޭލު މީހާ މިނިވަންކޮށްފި
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ޣައްޒާގައި ތިން ކުދިންނާ އެކު 16 މީހަކު ޝަހީދުކޮށްފި