Roadha Mihaaru
ހަ އަހަރަށް ފަހު ސަބުދެލި މަގު ހުޅުވާލައިފި

ހަ އަހަރަށް ފަހު ސަބުދެލި މަގު ހުޅުވާލައިފި

16 ޖެނުއަރީ 2024

ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ފަހު، ސަބުދެލި މަގު އާންމުންނަށް މިރޭ ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ފަހު، ސަބުދެލި މަގު އާންމުންނަށް މިރޭ ހުޅުވާލައިފި އެވެ.

ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ މަގު ހުޅުވައިލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން ފެށީ މި މަހުގެ ހަވަނަ ދުވަހު އެވެ.

އެ މިނިސްޓްރީން އެ މަގު ހުޅުވި ސަބަބެއް ކަމަށް އޭރު ބުނީ އަމީނީ މަގު ހަދަމުންދާތީ ޓްރެފިކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ނިންމައި މިހާރު ވަނީ އެއްކޮށް ހުޅުވާލައިފަ އެވެ.

އާރުޑީސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބުދެލި މަގު އަލުން ހުޅުވައިލުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށް ފަހު އެ މަގު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލު މަގު ހުޅުވާލާފައި-- ފޮޓޯ: އާރްޑީސީ

ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލު މަގު ހުޅުވާލާފައި-- ފޮޓޯ: އާރްޑީސީ

ސަބުދެލި މަގު ބަންދުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށެވެ. ކޮރަަލް ބުލެވާޑުުގެ ނަމުގައި ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ބިމުގައި މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރު ކުންފުނި ޗަންހުއާ ކޮންސްޓްރަކްޝަނަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހޭ ގޮތަށް އެ ތަން ހެދުމަށް އޭރު ބިންގާ ވެސް އެޅި އެވެ.

ނަމަވެސް ފަހުން އެ މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމުން އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތީ ބަންދު ކޮށްފަ އެވެ.