ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއް ރޭ ސޯޝަލް ސެންޓަރުގައި ހުޅުވައިފި އެވެ. އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއް ރޭ ސޯޝަލް ސެންޓަރުގައި ހުޅުވައިފި އެވެ. އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ކުޅިވަރާއި ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން، އޮލިމްޕިކް ކޮމިޓީ އާއި އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތް ފޯރު ކޮށްދިނުމުގެ ވަސީލަތްތައް ގާއިމް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ވިއަސް، ސިއްހީ ފުރަތަމަ އެހީ ދޭން ޖެހޭ ހާލަތަކަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައި އޮތުމެވެ.
ހަމަ އެއާ އެކު އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާ އެކު އިތުރު ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމަކީ ވެސް މި ފެސިލިޓީގެ މަގްސަދެކެވެ.
މެޑިކަލް ރޫމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައިފަ އެވެ. އެއަށް ފަހު، ސޯޝަލް ސެންޓަރުގައި ފަށާ މި އަހަރުގެ ވޮލީބޯޅަ ލީގު ފެށުމުގެ ގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ މެޗު ވެސް ރައީސް ވަނީ ބައްލަވާލައްވައިފަ އެވެ.
ގައުމީ ލީގުގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ ފިރިހެން ހަ ޓީމު ދެ ބަޔަކަށް ބަހާލައިގެން ކުޅުނު މި މެޗު 68-61 ޕޮއިންޓުން ކާމިޔާބު ކުރީ ރެޕްޓާސް އާއި ޓީރެކްސް އަދި ރޯޔަލްސްގެ ކުުންތެރިން ކުޅުނު ޓީމް ބީ އެވެ. ޓީމް އޭގައި ހިމެނުނީ ސްޓިންގާސް އާއި ރެޑްވިންގްސް އަދި ކިންގްސް އެވެ.
"ސޯޝަލް ސެންޓަރުގެ ހޯލް ޕީއެންއެފަށް ދޫކުރެވިދާނެ"
މައުލޫމާތު ފޯރުކޮށްދޭން ރައީސްގެ ވަޓްސްއެޕް ޗެނަލެއް
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިލްމުވެރިން ފަރުވާކުޑަކޮށްފިނަމަ ގައުމު ދާނީ ފަހަތަށް
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
މަޖީދިއްޔާއަކީ ރާއްޖޭގެ "އިލްމީ ބަގީޗާ": ރައީސް
ސައީދުގެ ރައްދު: ހަމައިން ނެއްޓުމަކުން މޮޅެއް ނެތް!
2007 ވަނަ އަހަރަށް ނިންމީ ރަނގަޅަށް ތަންފީޒުކުރަން
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ