11 ޖެނުއަރީ 2024
މުހައްމަދު އުމެއިރު ގެ ހެޓްރިކަކާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ 8-0 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މުހައްމަދު އުމެއިރު ގެ ހެޓްރިކަކާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ 8-0 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މިއީ މިހާތަނަށް މި މުބާރާތުގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ވިކްތަރީން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ޕީކޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. ލޮރެންޒޯ ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 4-1 އިން ބިސްބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ
ބޯ ވިއްސާރައިގެ ތެރޭގައި އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އެޓީމުން ލީޑު ނެގީ ވެސް އުމެއިރު ޖަހައިދިން ގޯލަކުންނެވެ. މިއީ ދެވަނަ ޑިވިޝަންގައި އުމެއިރު ޖަހައިދިން ފުރަތަމަ ގޯލެވެ. ޕީކޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ގޯލެއް ޖެހިފައެއް ނުވެ އެވެ.
ވިކްޓަރީން ލީޑު ފުޅާ ކުރީ 28 ވަނަ މިނިޓާއި 32 ވަނަ މިނިޓުގައި އިވާން ވަރޭސް ޖަހައިދިން ގޯލުންނެވެ. އޭގެ ދެ މިނިޓު ފަހުން ވިކްޓަރީގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ފާރޫކް ހައިދަރޯވް އެވެ. މި ހާފުގައި އެޓީމުގެ ފަސްވަނަ ލަނޑު އުމެއިރު ޖަހައިދިނީ 41 ވަނަ މިނިޓުގަ އެވެ.
ސޮބާހު މުހައްމަދު (ސޮބާ) ގެ ކޯޗުކަމުގައި ކުޅޭ ވިކްޓަރީން ދެވަނަ ހާފަށް ނުކުތީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބަދަލު ކޮށްގެންނެވެ. މިއާ ގުޅިގެން މެޗުގެ ބާކީ ބައިގައި ވިކްޓަރީގެ ކެޕްތަން ބޭންޑް އަޅައިގެން ކުޅުނީ އުމެެއިރެވެ.
އުމެއިރު ވަނީ ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ވިކްޓަރީގެ ހަވަނަ ގޯލު ޖަހައި، މެޗުގައި އޭނާގެ ހެތްރިކް ފުރިހަމަ ކޮށްފަ އެވެ.
މެޗުގައި ވިކްޓަރީގެ ހަވަނަ ގޯލު 67 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ އަށްވަނަ ގޯލު ޖަހައިދިނީ އެނަޓޮލީ ވްލާސިޗޭވް އެވެ.
މުބާރާތުގައި ދެން މެޗެއް ކުޅޭނީ ހުކުރު ދުވަހުގެ ހަވީރެވެ. ބައްދަލުކުރާނި ގުރޫޕް އޭގެ ކުޑަހެންވޭރު ޔުނައިޓެޑާއި އެލްޓީ ސްޕޯޓްސް ކްލަބެވެ.
މަސްއޮޑި ސަޕޯޓަރުން ދެއްކީ ފުޓްބޯޅައިގެ ނަމޫނާ: އަކޫ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
މީ ކުރިން ފުޓްބޯޅައިން ފެނުނު ކަންކަމެއް ނޫން: ސޮބާ
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ވިކްޓަރީން މިފަހަރު ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފި
ވިކްޓަރީގެ ދެވަނަ ސީޒަން ވެސް ފެށީ މޮޅަކުން
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
ކުޅުންތެރިން މާޔޫސްވެ އެއް ވަނަ ޑިިވިޝަނާ ދުރަށް
ސާފް ޗެމްޕިއަންޝިޕަށް އަކޫ ފިޓް ވުމުގެ އުންމީދު ކުޑަ
ސޮބާ ވިކްޓަރީއަށް، އަކޫ އާއި އުމޭރުވެސް ސޮއިކޮށްފި