13 ފެބުރުއަރީ 2017
ރާއްޖޭގެ ބާސްކެޓްބޯޅައިގައި މުޅިން އަލަށް ވާދަކުރާ ކިންގްސް ބާސްކެޓްބޯލް ކްލަބް އަތުން ރޭ އެމްބީއޭ ކަޕުގެ ފުރަތަމަ ޑިވިޝަނުގައި ޓީރެކްސް ބީސީ މޮޅުވެއްޖެ އެވެ.
ރާއްޖޭގެ ބާސްކެޓްބޯޅައިގައި މުޅިން އަލަށް ވާދަކުރާ ކިންގްސް ބާސްކެޓްބޯލް ކްލަބް އަތުން ރޭ އެމްބީއޭ ކަޕުގެ ފުރަތަމަ ޑިވިޝަނުގައި ޓީރެކްސް ބީސީ މޮޅުވެއްޖެ އެވެ.
ރެޑްލައިން ކްލަބަށް މިދިޔަ ހަތަރު ވަރަކަށް އަހަރު ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިން އެއްވެގެން އުފެއްދި ކިންގްސް އަތުން ޓީރެކްސް ރޭ މޮޅުވީ 81-74 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީރެކްސްގެ އަހުމަދު ޒަބީރެވެ. އޭނާ ވަނީ މެޗުގައި 24 ޕޮއިންޓް ހޯދައިފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ހިމެނެނީ މި ދެ ޓީމުގެ އިތުރުން ދަ ބައުސް އާއި ކުޑަހެންވޭރު ޔުނައިޓެޑެވެ. ފުރަތަމަ މެޗުގައި ބައުސް އަތުން 80-63 ޕޮއިންޓުން ޓީރެކްސް ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ކުޑަހެންވޭރު އަތުން ކިންގްސް މޮޅުވީ 89-57 ޕޮއިންޓުންނެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޓީރެކްސް ކުރީގައި އޮތްއިރު، ކިންގްސް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. ބައުސް އާއި ކުޑަހެންވޭރު ވަނީ ކުޅުނު ހަމައެކަނި މެޗުން ބަލިވެފަ އެވެ. މުބާރާތުގައި މިރޭ ބައްދަލުކުރާނީ މި ދެ ޓީމެވެ. ހަތަރު ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމާއި ހަތަރު ވަނަ ހޯދި ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކާ އެކު ފައިނަލުގައި ބައްދަލުކުރާނީ ދެ ވަނަ ސެމީގައި ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެ މޮޅުވާ ޓީމެކެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ގަ އެވެ.
މުބާރާތުގައި އަލަށް ވާދަކުރާ ކިންގްސް ބީސީ އުފެއްދީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް މުހައްމަދު (އިއްބެ) އާއި ކުރީގެ ކުޅުންތެރިޔާ އިސްމާއިލް ރިޝާދު އިސްކޮށް ތިބެގެންނެވެ.
މި ޓީމާ ގުޅިފައިވާ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މުހައްމަދު ޒިލާލާއި އަހުމަދު އަފްޝަން ރަޝާދުގެ އިތުރުން އަހުމަދު ފިރާޝާއި އިބްރާހިމް އަންފަލް އަދި މުހައްމަދު ޚުވައިލިދު ހިމެނެ އެވެ.
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ކިންގްސްގެ ކެޕްޓަން ފިރާ ވެސް ވާދަވެރި ޓީރެކްސް އަށް
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ގައުމީ ބާސްކެޓް ލީގުގެ ތަށި ކިންގްސްއިން މިލްކުކޮށްފި
ޗިކަނޭ އަށް އަނިޔާވެ ކަރުކަށިގަނޑުގައި ރެނދުލައިފި
ފައިނަލުގައި ކިންގްސް އާއި ޓީރެކްސްގެ ކުރިމަތިލުމެއް
ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް އަށް
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ކަޕް: ފުރަތަމަ މެޗު ޓީރެކްސް ކާމިޔާބުކޮށްފި
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް