Roadha Mihaaru
ހަމާސް ނައްތާލާފައި ނޫނީ ނުހުއްޓާނަން: މޮސާޑްގެ ވެރިޔާ

ހަމާސް ނައްތާލާފައި ނޫނީ ނުހުއްޓާނަން: މޮސާޑްގެ ވެރިޔާ

04 ޖެނުއަރީ 2024

އިޒްރޭލަށް ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލު ހިފާފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮަސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާ ބުނެފި އެވެ.

އިޒްރޭލަށް ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލު ހިފާފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮަސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާ ބުނެފި އެވެ.

ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީއަށް ލުބްނާންގައި ހަމަލާދީ އަވަހާރަކޮށްލާފައި ވަނިކޮށް ބާނިއާ މިހެން ބުނީ މޮސާޑްގެ ކުރީގެ ވެރިޔާ ޒްވީ ޒަމީރްގެ ޖަނާޒާގަ އެވެ.

"އޮކްޓޫބަރު 7 ގައި ޣައްޒާއިން އައިސް އިޒްރޭލަށް އެ ދިން ހަމަލާތަކާ އެއް މިންގަނޑަކުން ކިރޭނެ ރައްދެއް ދޭނަން. މިއީ ހަމާސް އާއި އެ ޖަމާއަތުގެ ވެރިންނާ މެދު ވެސް އޮތް ގޮތް،" ބާނިއާ ބުންޏެވެ.

"މިކަމަށް ވަގުތު ހޭދަވާނެ. މިއުނިކްގައި މީހުން މެރުމުގެ ބަދަލު ވެސް ހިފިން. މިފަހަރު ވެސް ބަދަލު ހިފާނަން. އެކަމަކު ވަގުތު ހޭދަވާނެ،" އިޒްރޭލު ޖާސޫސުންގެ ވެރިޔާ ބުންޏެވެ.

އޭނާ އެ އިޝާރާތްކުރަނީ 1972 ވަނަ އަހަރު އޮލިމްޕިކްސް ބޭއްވި އިރު ފަލަސްތީގެ ގްރޫޕެއް އިޒްރޭލުގެ އެތުލީޓުން ރަހީނުކޮށް އެތައް ބަޔަކު މެރި ހާދިސާއަށެވެ.

"ކޮންމެވެސް ދުވަހަކުން ބަދަލުހިފާނަން. ކޮންމެ ތާކު އޮތަސް އަތް އަޅައި ހުއްޓުވާނަން."

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 22،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެކަމަކު ހަމާސް އިން ބުނަނީ އޭގެ ތެރޭގައި ހަމާސްގެ 8،000 މީހުން ހިމެނޭ ކަމަށެވެ. -- އޭއެފްޕީ