Roadha Mihaaru
69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީކުރި

މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ވެހިކަލް ރަޖިސްޓަރީކުރި: ޓްރާންސްޕޯޓް

03 ޖެނުއަރީ 2024

ރާއްޖޭގައި މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގައި ފުރަތަމަ ފަހަރަށް އެ މިނިސްޓްރީން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާއިރު 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށެވެ. އެއީ އާދަޔާ ހިލާފަށް ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެނގިވަޑައިގަންނަވާނެ މި ސްކޭލްގައި މި ޓްރެންޑް މި ގޮތަށް ދާ ކަމަށް ވަންޏާމު މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގެ ތެރެއިން ކަންކަން ކޮށްފި ނަމަ އެ އަދަދަށް ރަޖިސްޓަރީ ކުރަން ނުޖެހޭނެ އެވެ. އެހެންވެ، މި ވަގުތަށް ގާނޫނަށް ބަދަލެއް ނުގެނެސް ވެސް މިނިސްޓްރީ އަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތުތަކުގައި ރަޖިސްޓަރީ ކޮށްދިނުން މަޑުޖައްސައިލުމުން ބަދަލު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

މިއަދުގެ މީޑިއާ ބްރީފިންގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

އަމީން ވިދާޅުވީ، ވެހިކަލްތައް މަދުކުރުމަށްޓަކައި އެކިއެކި މުއައްސަސާތަކާ ގުޅިގެން ފަންނީ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މާލެ އޭރިއާ ސަރަހައްދުގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ކުރަން މާދަމާ ބަޔަކާ އެކު ސޮއިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުގެ ރިކޮމެންޑޭޝަންސްތަކާ އެކު، އަޅުގަނޑު ގަބޫލުކުރަނީ ކެބިނެޓަށް ގެނެސްގެން އަދި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ވެސް ގެނެސްގެން ދުރުރާސްތާ ނޫނިއްޔާ ޖުމުލަ ގޮތެއްގައި ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ފެށިދާނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓްރެފިކް މައްސަލަތައް ހައްލު ކޮށްފައިވާ ސިންގަޕޫރު ނުވަތަ ދުބާއީ ފަދަ ގައުމަކުން ތަޖުރިބާކާރުން ރާއްޖެ ގެނެސް ދިނުމަށް ވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ދަންނަވާފައިވާ ކަމަށެވެ. އޭނާ ބޭނުމަކީ އަމީން ވިދާޅުވި ގޮތުގައި، އޭގެ ބޭނުމަކީ އެ މީހުންގެ ރިކޮމެންޑޭޝަންސްތައް ހޯދައިގެން ކަންކަން ހައްލު ކުރުމެވެ.

އަމީން ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށްޓަކައި ޕާކިން ބިލްޑިންގްތައް ހަދަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އެ ކަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.