31 ޑިސެމްބަރ 2023
ލަންކާގައި އިއްޔެ ނިމުނު، އެ ގައުމުގެ ގައުމީ ސްވިމިން މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ ސްވިމިން ޓީމުން 15 މެޑަލް ހޯދައިފި އެވެ.
ލަންކާގައި އިއްޔެ ނިމުނު، އެ ގައުމުގެ ގައުމީ ސްވިމިން މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ ސްވިމިން ޓީމުން 15 މެޑަލް ހޯދައިފި އެވެ.
އެ ގައުމުގެ ކެންޑީގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ، އެއް ރަން މެޑައްޔާ ހަ ރިހި މެޑަލް އަދި އަށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ރަން މެޑަލް ހޯދީ، އުންމީދީ ފެތުންތެރިޔާ މެރާލް އާއިން ލަތީފެވެ. އޭނާ ރަން މެޑަލް ހޯދީ 100 މީޓަރު ބަޓަފްލައި ސްޓްރޯކްގައި ވާދަކޮށްފަ އެވެ. އަދި އޭނާ ވަނީ 50 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުން ރިހި މެޑަލް އަދި 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.
މުބާރާތުގައި އެންމެ ވާދަވެރި އެއް އިވެންޓަކީ، 37 ފެތުންތެރިން ވާދަ ކުރި 50 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓެވެ. އެ ރޭހުގައި ވާދަކޮށް މުހައްމަދު އާން ހުސައިން ވަނީ 27.06 ސިކުންތުން ރޭސް ނިންމައި ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެ އިވެންޓްގައި 37 ފެތުންތެރިން ވާދަ ކުރި އެވެ. އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލީންގައި ވާދަކޮށް މުހައްމަދު ރިހާން ޝިހާމް ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ލަންކާގެ ކްލަބްތަކާއި ކޮލެޖްތަކުގެ ޓީމު ތަކާ އެކު ޖުމުލަ 49 ޓީމު ވާދަ ކުރި މުބާރާތުގައި ރާއްޖޭގެ ސީނިއާ ފިރިހެން ޓީމުން ވަނީ ޓީމު އިވެންޓުގައި މުޅި މުބާރާތުން ދެވަނަ ހޯދައިފަ އެވެ.
އެ ޓީމުން ވަނީ، އެއް ރިހި މެޑަލް އަދި ހަތަރު ބްރޯންޒް މެޑަލް ރިލޭގެ އިވެންޓުތަކުން ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 4 ގުނަ 50 މީޓަރު މެޑްލީ ރޭހުގަ އެވެ. އެ ޓީމުން ބްރޯންޒް މެޑަލް ހޯދި 4 ގުނަ 100 މީޓަރު ފްރީސްޓައިލްގެ ރޭހުން ތިންވަނަ ހޯދީ ރޭސް ފެށިއިރު ތިންވަނައިގައި އޮތް ޓީމުގެ ފެތުންތެރިޔާ ފަހަތުން އަރައި ބީޓްކޮށްލުމަށް ފަހު އެވެ.
ކެންޑީގެ ހިލްވުޑް ކޮލެޖް ސްވިމިން ކޮމްޕެލްކްސްގައި ކުރިއަށް ގެންދިޔަ މުބާރާތުގައި އިއްޔެ، ޖޫނިއާ އަންހެން ޓީމުން ވަނީ 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭގައި، އެއްވަނަ އަށް ދިޔަ ޓީމާ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އަންހެން ޓީމުން ރިހި މެޑަލް ހޯދީ އެއްވަނަ އަށް ދިޔަ ޓީމަށް ވުރެ ދެ ސިކުންތު ލަހުން ރޭސް ނިންމުމުންނެވެ. ރާއްޖޭގެ އަންހެން ޓީމުން ރޭސް ނިންމީ 02:08.75 (2 މިނެޓް 8.75 ސިކުންތު) އިންނެވެ. ޖޫނިއާ ފިރިހެން ޓީމުން ތިން ރިހި މެޑަލް ހޯދި އެވެ.
ޖޫނިއާ ފިރިހެން ޓީމުގެ މެޑަލް ލިސްޓް
- 4 ގުނަ 100 މީޓަރު 4 ގުނަ 100 މީޓަރު މެޑްލީ ރިލޭ ރިހި މެޑަލް
- ޖޫނިއާ ފިރިހެން ޓީމު 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭއިން ރިހި މެޑަލް
- ޖޫނިއާ ފިރިހެން ޓީމު 4 ގުނަ 50 މީޓަރު މެޑްލީ ރިލޭ ރިހި މެޑަލް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް
ގިނަ ރެކޯޑްތަކެއް، މީކުރިން ވާސިލު ނުވެވުނު ރާސްތާއެއް
އާން އާއި ރިހާން އަދި ރިލޭ ޓީމުން ރެކޯޑް މުގުރާލައިފި
ދުނިޔޭގެ މުބާރާތުން މުބާލާއި ރިހާނަށް ރެކޯޑްތަކެއް
ލަންކާގައި މެރާލް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފި
ހަންގޭރީގައި ހަމްނާ، ގައުމީ ދެ ރެކޯޑެއް މުގުރާލައިފި