Roadha Mihaaru
ލަންކާގައި މެރާލް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފި

ލަންކާގެ މުބާރާތުން މެރާލް ރާއްޖެއަށް ރަން މެޑަލް ހޯދައި ދީފި

27 ޑިސެމްބަރ 2023

ސްރީލަންކާގައި ކުރިއަށް ދިޔަ އެ ގައުމުގެ ނެޝަނަލް އަދި ޖޫނިއާ ނެޝަނަލް ޝޯޓް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ މެރާލް އައިން ލަތީފް ރަން މެޑަލް ހޯދައިފި އެވެ.

ސްރީލަންކާގައި ކުރިއަށް ދިޔަ އެ ގައުމުގެ ނެޝަނަލް އަދި ޖޫނިއާ ނެޝަނަލް ޝޯޓް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ މެރާލް އައިން ލަތީފް ރަން މެޑަލް ހޯދައިފި އެވެ.

މެރާލް ރަން މެޑަލް ހޯދިއިރު، ޖޫނިއާ ފިރިހެން ރިލޭ ޓީމު ވަނީ ރިހި މެޑަލް ހާސިލް ކޮށްފަ އެވެ. އަދި ސީނިއާ ފިރިހެން ރިލޭ ޓީމު ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

އުމުރުން 14 އަހަރުގެ މެރާލް ރަން މެޑަލް ހޯދީ 100 މީޓަރު ބަޓަފްލައި އިވެންޓުންނެވެ. ފައިނަލް ހީޓުގައި އޭނާގެ ޓައިމިން އަކީ އެއް މިނިޓް 13.19 ސިކުންތެވެ.

މެރާލް އަކީ މިއަހަރު ބޭއްވި ޗެމްޕިއަން އޮފް ޗެމްޕިއަންސްގައި ފެންމުތުގެ ޝަރަފް ހޯދި އެތުލީޓެވެ.

ޖޫނިއާ ފިރިހެން ރިލޭ ޓީމު، ރިހި މެޑަލް ހޯދީ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިންނެވެ. މި ޓީމުގައި ހިމެނެނީ ޝައިމް ހުސެއިން އިބްރާހިމް އާއި އިސްމާއިލް އަޖުމަލް މޫސާ އަދި ޔާސީން މުހައްމަދު ޔޫސުފާއި ލޫތު މުހައްމަދު ހުސެއިން އެވެ.

ސީނިއާ ފިރިހެން ރިލޭ ޓީމު ލޯ މެޑަލް ހޯދާފައި ވަނީ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިންނެވެ. މި ޓީމުގައި ހިމެނޭ ފެތުންތެރިންނަކީ މުހައްމަދު ރިހާން ޝިހާމް އާއި މުހައްމަދު އާން ހުސެއިން އަދި އިޒްޔާން އަހުމަދާއި އަލީ އިމްއާން އެވެ.