30 ޑިސެމްބަރ 2023
ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވަން އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވަން އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލް މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިހާރަށް ވުރެ ފަސޭހައިން ބޭސް ފޮނުވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމުގެ މަޝްވަރާތައް އެމްއެންޑީއެފާއި ޕޮލިސް އަދި ސިވިލް އޭވިއޭޝަނާއެކު ފަށާފައިވާ ކަމަށާއި އޭގެ ޓެސްޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވި ގޮތުގައު 10ރ. ގެ ބޭހެއް ބައެއް ރަށްރަށަށް ފޯރުކޮށްދޭން ވެސް ދައުލަތުން މިހާރު ކުރަން ޖެހެނީ ބޮޑު ހަރަދެކެވެ.
"ނިޒާމު ބަދަލުކުރެވޭތޯ މި ބަލަނީ އަގުހެޔޮކޮށް، ތަންކޮޅެއް ފަސޭހައިން ބޭސް ވަގުތުން ވެސް ފޮނުވޭނެ ނިޒާމެއް. ޑްރޯންގެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރަށް އެ މަސައްކަތް ގެންދެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ." އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ މެދުވެރިވެގެން ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމާނު ފޮނުވުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނި ކަމެކެވެ. ގދ. އަތޮޅުގައި އެކަމުގެ ޓެސްޓު ދަތުރެއް މިދިޔަ އޮގަސްޓް މަހު ބޭއްވި އެވެ.
އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޑްރޯންގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރު ވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެ އެވެ. ހާއްސަކޮށް، އެކަހެރި ހިސާބުތަކަށް ޑްރޯންގެ މުހިންމުކަން ބޮޑެވެ.
މޮޅެތި ބޭސް ފަސޭހައިން ގެނެވޭ ޕޮލިސީ ލޯންޗުކޮށްފި
ޔޫރަޕުން ބޭސް ގެނެވޭގޮތަށް އުސޫލު ރިވިއުކުރަން ފަށައިފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
ސިއްހީ ހިދުމަތަށް ރަޖިސްޓްރީނުކުރާ ތަންތަނަށް އިންޒާރެއް
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ބުޅާމަހުން ކާތަކެތި ހެދިކަން ކަށަވަރެއްނުވޭ: މިނިސްޓަރު
ކުޑަކުދިންގެ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ