Roadha Mihaaru
ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

29 ޑިސެމްބަރ 2023

ޅ. ދިއްފުށިމާދޫ ކިޔާ ފަޅު ރަށުގައި މިއަދު ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

ޅ. ދިއްފުށިމާދޫ ކިޔާ ފަޅު ރަށުގައި މިއަދު ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

އެ ފާރު ވެއްޓުނީ މިއަދު އެ ރަށަށް ދަތުރު ގޮސް އުޅުނު ބައެއްގެ ގައިމައްޗަށެވެ. މި ހާދިސާގައި އަނިޔާވީ އުމުރުން 57 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކަށެވެ.

އަނިޔާވި ދެ މީހުންނަށް އަވަސް ފަރުވާދިނުމަށް ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ކޯސްޓްގާޑުގެ އެހީގައި ގެންގޮސްފަ އެވެ.

ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ.