01 ޖޫން 2023
މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ރާޅެއް އަރައި މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ. އެކަމަކު އޭގައި ދަތުރުކުރި މީހުން ބޯޓު އަޑިއަށް ދިއުމުގެ ކުރިން ވަނީ ސަލާމަތް ކޮށްފަ އެވެ.
މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ރާޅެއް އަރައި މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ. އެކަމަކު އޭގައި ދަތުރުކުރި މީހުން ބޯޓު އަޑިއަށް ދިއުމުގެ ކުރިން ވަނީ ސަލާމަތް ކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ ރ. މަޑުއްވަރީ "އާލާ" ނަމަކަށް ކިޔާ އެ ބޯޓުގައި ދަތުރުކުރީ 15 މީހުންނާ އެކު އެވެ. މި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.
މޫސުން ގޯސްވުމާ އެކު ކަނޑު ގަދަވެ، މި ބޯޓު ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 5:22 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭރު އެ ބޯޓު އޮތީ، ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގަ އެވެ.
"އާލާ" ބޯޓު އަޑިއަށްދަނީ. -- ފޮޓޯ: އެމްއެންޑީއެފް
އާލާ ބޯޓުގައި ތިބި 15 މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސަށް ވަނީ ނަގައިފަ އެވެ. އަދި އެ މީހުން މިހާރު ވަނީ އޭދަފުއްޓަށް ގެންގޮސްފަ އެވެ.
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ގެއްލުނު ތިން މީހުން ފެނިއްޖެ
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ޓޫރިސްޓުގެ ފައިން ބުރިވި ބައި ނުފެނުނު!
ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
އިންޑޮނީޝިޔާގައި ފެރީއެއް ބަންޑުންޖަހާލައި 15 މަރު
ނައިޖީރިއާގައި ބޯޓެއް ބަންޑުންޖަހާލައި 100 މަރު
10 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ