02 ޖޫން 2023
މާލެ އިން ފުރައިގެން 10 މީހުންނާ އެކު ރ. ރަސްގެތީމަށް ދަތުރުކުރި ދޯންޏެއްގައި މިރޭ ރޯވެއްޖެ އެވެ.
މާލެ އިން ފުރައިގެން 10 މީހުންނާ އެކު ރ. ރަސްގެތީމަށް ދަތުރުކުރި ދޯންޏެއްގައި މިރޭ ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ "ހޮރައިޒިއާ 2" ނަމަކަށް ކިޔާ އެ ދޯނީގައި ތިބި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓުގެ ލޯންޗަށް ނަގާފައި ކަމަށެވެ. އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.
"... އަދި ބ. އޭދަފުށީ ސީއެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓް ގާޑް ހާބަ ކްރާފްޓް ލޯންޗް މިހާރު ދަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން،" އެމްއެންޑީއެފުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ދޯނީގެ އިންޖީނު ރޫމުގައި ރޯވީ، ފޯ ސީޒަން ރިސޯޓުގެ އުތުރުން 3.04 ނޯޓިކަލް ބޭރުންނެވެ. އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 7:16 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދޯނީގައި އެއްކޮށް ވަނީ ހުޅު ހިފައިފަ އެވެ.
އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ
ޓީ ޖެޓީގެ ބޮޑު ހުޅު: ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއް؟
ދޮޅު ގަޑިއިރު ފަހުން އަލިފާން ނިއްވާލައިފި
ރޭގެ އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި
ގުދަނެއްގައި ރޯވެ، 3 މީހަކު ފިހި،ބޮޑެތި އަނިޔާތަކެއް
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އީޕީއޭގެ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު