28 ޑިސެމްބަރ 2023
ލަންޑަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން މިހާތަނަށް ކުޅެން ނެރުނު އެންމެ ޒުވާން ފުރަތަމަ 11 އާއެކު ރޭ 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފި އެވެ.
ލަންޑަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން މިހާތަނަށް ކުޅެން ނެރުނު އެންމެ ޒުވާން ފުރަތަމަ 11 އާއެކު ރޭ 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފި އެވެ.
މިސީޒަންގައި ޗެލްސީގެ ޑިފެންސް ލީޑް ކުރާ އުމުރުން 39 އަހަރުގެ ތިއާގޯ ސިލްވާގެ ބަދަލުގައި ފުރަތަމަ 11 ގައި ކުޅެން ނުކުތީ އުމުން 22 އަހަރުގެ ބެނޯއި ބަޑިއަޝީލް އެވެ. ޗެލްސީން ރޭގެ މެޗު ފެށި ޓީމުގެ އެވްރެޖް އުމުރަކީ 23 އަހަރާއި 21 ދުވަހެވެ.
މިއީ 2016/2017 ސީޒަންގައި ހޯޒޭ މޮރީނިއޯ ކޯޗު ކޮށްދިން މެންޗެސްޓާ ޔުނައިޓެޑުން ލީގު ފަހު މެޗުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އަށް ފަހުން ލީގުގައި ކުޅުނު އެންމެ ޒުވާން ފުރަތަމަ 11 އެވެ. އަދި ޕްރިމިއާ ލީގު ތާރީހުގައި ވެސް ކުޅުނު އަށްވަނަ އަށް އެންމެ ޒުވާން ޓީމެވެ. ޔުނައިޓެޑް އެ މެޗުގައި ޕެލަސްއާ ދެކޮޅަށް ފެށި ޓީމުގެ އެވްރެޖް އުމުރަކީ 22 ދުވަހާއި 284 ދުވަހެވެ.
މުޑްރިކް (ކ) ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު އެންކުންކޫ (ވ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ 13 ވަނަ މިނިޓުގައި ޗެލްސީން ވަނީ މިކައިލޯ މުޑްރިކްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް އަށް އަނިޔާވުމާ ގުޅިގެން ފުރަތަމަ 11 އިން ޖާގަ ހޯދަމުން އަންނަ މާލޯ ގުސްތޯގެ އެސިސްޓަކުން ޖެހި މި ގޯލުގައި، ޗެލްސީގެ ފުރަތަމަ 11 ގައި އަލަށް ހިމެނިގެން ކުޅުނު ކްރިސްޓޮފާ އެންކޫންކޫ ވަނީ ހިއްސާ ވެފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މައިކަލް އޮލީސޭ ޖަހައިދިން ގޯލަކުން ޕެލަސް އިން އެއްވަރު ކުރި އެވެ. ޗެލްސީ މޮޅުވީ މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޮނީ މަޑުއެކޭ ޖަހައިދިން ގޯލުންނެވެ.
"އަބަދުވެސް ބޭނުންވޭ ކުޅެން އަރާފަ ނަތީޖާ ބަދަލުކޮށްލާ ފަދަ ކުޅުމެއް ކުޅެން. އަހަރެންގެ އަމިއްލަ ނަފުސަށް އަބަދުވެސް އިތުބާރު އޮވޭ، ޕެނަލްޓީގައި ވެސް. އެހެންވެ އަހަރެން ޕެނަލްޓީ ހޯދާފައި ޕެނަލްޓީ ޖެހީ ވެސް،" މެޗަށް ފަހު މަޑުއެކޭ ބުންޏެވެ.
މެޗުން މޮޅުވުމުން ޗެލްސީގެ ކޯޗު ޕޮޗެޓީނޯ އާއި ބައެއް ކުޅުންތެރިން ދަނޑުމަތީގައި އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ހަނި ގޮތަކަށް މެޗުން މޮޅުވި ނަމަވެސް، އެހެން މެޗުތަކެކޭ އެއްގޮތަށް ގޯލު ޖަހަން އެތައް ފުރުސަތެއް ލިބި އެ ފުރުސަތުތަކުގެ ބޭނުން ރޭގެ މެޗުގައި ޗެލްސީއަކަށް ނުހިފުނެވެ. އެންކޫންކޫ އަށް ފުރަތަމަ ހާފުގައި ހުސްކޮށް ލިބުނު ފުރުސަތު ވެސް ބޭކާރު ވީ އެވެ. ފަހު ހާފުގައި ތިއާގޯ ސިލްވާ ކުޅެން އަރައި، ދިން ބޯޅައެއް ނިކޮލަސް ޖެކްސަން ގޯލަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑްގަ އެވެ.
"ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރީމަ އަހަރެން ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހެއޭ ބުނާނީ،" މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.
"ޕްރިމިއާ ލީގު މިއީ ވަރަށް އުނދަގޫ ލީގެއް، އަހަރެމެން އެބަ ޖެހޭ އެއް ފެންވަރެއްގައި ހިފަހައްޓަން. ލީގުގެ ފުރަތަމަ ބުރު މި ދިޔައީ ވަރަށް އުނދަގޫކޮށް. އެކަމަކު އަހަރެމެން ޕޮޒިޓިވް ކޮށް މި ތިބީ، އަހަރެމެންނަށް ވާނެ ކަން ދައްކަން."
މި ނަތީޖާއާ އެކު ޗެލްސީ ވަނީ އަލުން 10 ވަނައަށް ޖެހިލައިފަ އެވެ. ޗެލްސީ އާއި 11 ވަނައިގައި އޮތް ވުލްވްސް އަދި އެއް މެޗު މަދުން ކުޅެގެން 12 ވަނައިގައި އޮތް ބޯންމަތަށް ވެސް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ.
މިދިޔަ ހަފްތާ ބަންދުގައި ޗެލްސީ ބަލިކުރި ވުލްވްސް ވަނީ ރޭ ރަށުން ބޭރުގައި 4-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ޗެލްސީގައި ޕޮޓާއަށް ފުރަތަމަ މޮޅު، ލިވަޕޫލް އެއްވަރު
ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ
ލަމްޕާޑް އެވަޓަން ސަލާމަތް ކޮށްދީފި
އެރިކްސަން ފުރަތަމަ 11 ގައި، ބްރެންޓްފޯޑް މޮޅުވެއްޖެ
ޗެލްސީ އެއްވަރު، ނޯވިޗަށް ފުރަތަމަ މޮޅު
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
މުހިއްމު މޮޅަކާ އެކު ޗެލްސީ ތިން ވަަނަ އަށް
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި