27 ޑިސެމްބަރ 2023
ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިން ގޮތް ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމުމުން އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިން ގޮތް ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމުމުން އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުވެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފްލެޓްތައް ނުހަދައި ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ ލިބޭ އައްމަޓީގެ މައްސަލައިގައި ހައި ކޯޓުން ނިންމި ނިންމުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ މި މަހުގެ 6 އިން 25 އާ ހަމައަށް ކަމަށް ވާއިރު ހައި ކޯޓުން މައްސަލަ ނިންމި އިރު ވެސް އޮތީ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލަން ނިންމި މުއްދަތު ހަމަވެފައި ކަމަށެވެ.
މި މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވަނިކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކުރުމުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ކުރާ އިސްތިއުނާފްގައި ވަކި ގޮތެއް ނިމެންދެން މި އަޑުއެހުން ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް ވެސް ބުންޏެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އައްމަޓީ ފުރަން ހުއްދަ ދިނުމުގައި އޭނާ ފަރުވާ ހޯދަންޖެހޭ ސިއްހީ މައްސަލައަށާއި އެކަމުގައި ވަށައިގެން ހުރި ކަންކަމާއި އަދި އައްމަޓީގެ ފަރާތުން ކޯޓަށް ކުރިން ދީފައިވާ އެއްބާރުލުމަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ރާއްޖެއިން ފަރުވާ ހޯދިދާނެ ކަމަކަށް ވިޔަސް، އެއީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުގެ އިހްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ވާއިރު، އެފަދަ ކަންކަމުގެ ތެރެއަށް އިސްތިއުނާފް ކޯޓަށް ވަދެވޭނީ އިސްތިސްނާ ހާލަތްތަކުގަ އެވެ.
އައްމަޓީ ފުރުމުގެ ހުއްދަ ކޯޓުން ދިނަސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް ސްރީލަންކާއަށް ވަނުމުގެ ހުއްދަ ނުލިބުނު ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ކުރިން ބުނެފައިވެ އެވެ.
އައްމަޓީގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
އަންމަޓީ ދޫކޮށްލުމުން ގާޒީއަށް ޕީޖީގެ ބަހުގެ ހަމަލާއެއް
އޮޕަރޭޝަނަކަށް ފުރަން އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފި
އައްމަޓީއަށް ކުރާ ދައުވާތައް ކޯޓުން ބޭރެއް ނުކުރި
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީގެ މައްސަލާގެ ހުކުމް މުރާޖައާ ކުރަން އެދެނީ
މައްސަލަ ނިމެންދެން އައްމަޓީގެ ވާހަކަ ދެއްކުން މަނާ!
ހައި ކޯޓުން މުއްދަތު ގުނި ގޮތް ގޯސް: ޕީޖީ
އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި