01 ސެޕްޓެމްބަރ 2022
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތައް ބޭރުކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތައް ބޭރުކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ އެ މައްސަލައަކީ ސީލައިފް ކުންފުންޏާ ގުޅުންހުރި މައްސަލައަކަށް ވާތީ އޭނާ މައްޗަށް ފަރުދީ ގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެއީ ކުންފުނިން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވޭނީ ކޯޕަރޭޓް ވެއިލް ލިފްޓް ކުރުމަށްފަހު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެވެ.
އެ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމި ނިންމުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އެފަދަ ހުށަހެޅުންތަކަކީ މައުޟޫއީ ގޮތުން މައްސަލަ ބެލުމަކާ ނުލައި ގޮތެއް ނިންމޭނެ ކަންކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ދައުވާގައި އުނި ކަންތައްތަކެއް ހުރުމާއި ހިޔާނާތުގެ ކުށުގެ އުންސުރުތައް މިހާރު ނެތް ކަމަށް ބުނެ އިތުރު ދެ ހުށަހެޅުމެއް ވެސް އައްމަޓީގެ ފަރާތުން ހުށަހެޅި އެވެ. އެކަމަކު ކޯޓުން ނިންމީ އެ ދެ ހުށަހެޅުމަކީ ވެސް ބަލައިނުގަނެ، އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރާއިރު، އޭނާ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.
އައްމަޓީ ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
ޖިނާއީ ދައުވާ ނުކުރާނެކަމަށް ސަރުކާރުން ބުނި: އައްމަޓީ
އައްމަޓީ އަނެއްކާވެސް ދޫކޮށްލައިފި
އައްމަޓީި ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފި
ޝަރުތުތަކާއެކު ވެސް އަންމަޓީ ދުލެއް ނުކުރި
އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަންގައިފި
ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް