20 މާޗް 2022
ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ.
ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެންމެ ނިންމައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ބަންދުގައި ހުރި އައްމަޓީ ދޫކޮށްލަން ކޯޓުން ނިންމީ ޝަރުތުތަކާ އެކު އެވެ. މިއީ ކޯޓުން އޭނާ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. މީގެކުރިން އޭނާ ބަންދުން ދޫކޮށްލި ދެފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.
އައްމަޓީގެ ބަންދު މުރާޖާކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާގެ ބަންދު ދަމަހައްޓަން އެދުނީ ފިލާފާނެ ކަމަށް ބުނެ އެވެ. ފިލާފާނެ ކަމަށް ދައުލަތުން ބުނީ އޭނާ ކުރިން ރާއްޖެ ނައިސް، ސްރީލަންކާގައި އުޅެފައިވާތީ އެވެ. އައްމަޓީގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް، ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުން ގެންދާ ކަމަށާއި އަދި އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް ވެސް އެދިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ފިލައިގެން އުޅުނު ކަމަށް ބުނަނީ އައްމަޓީ އޭނާގެ އަންހެނުންނާއި އާއިލާ ގާތަށް ސްރީލަންކާގައި ގޮސްހުރި ދުވަސްވަރު ކަމަށެވެ. އޭނާ އެނބުރި އައީ ޕާސްޕޯޓް ހަމަވުމުން ކަމަށާއި އަދި މިވަގުތު އޭނާގެ އަތުގައި ޕާސްޕޯޓެއް ވެސް ނެތުމުން ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެވަރުން ވެސް ފިލާފާނެ ކަމަށް ބެލެވޭ ނަމަ، ދައުލަތުން ބޭނުން ކޮންމެ ޝަރުތެއް ކުރަން ވެސް ނިހާޔަތު އެދިވަޑައިގަތެވެ.
"ފިލާފާނެ ކަމުގެ ބިރު ފިލުވާލުމަށްޓަކައި އަހުމަދު މޫސާގެ ގޭގެ ބޭރުގައި ޑިއުޓީއަށް ފުލުހުން ބޭތިއްބުން ކަމަށް ވިޔަސް އަދި އޭނާ ސަވައިލެންސްގައި ބެހެއްޓުން ކަމަށް ވިޔަސް، ދައުލަތުން ބޭނުން ކޮންމެ ޝަރުތެއް ވެސް ކުރަންވީ." ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ އައްމަޓީގެ ސިއްހީ ހާލަތު ގޯސްވުމުގެ އިތުރަށް އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ވެސް ގޯސްވެފައިވާތީ މިވަގުތު އައްމަޓީ ދޫކޮށްލުން މުހިންމެވެ. އަދި އައްމަޓީގެ އޮޕަރޭޝަނެއް ކުރަން ޖެހޭއިރު އެ އޮޕަރޭޝަނަށް ފަހު ވެސް އޭނާ ގެންގުޅޭނީ ޖަލުގައިތޯ ނިހާޔަތު ސުވާލު އުފެއްދެވި އެވެ.
ޕާސްޕޯޓް ނެތީސް ފިލާނީ ކިހިނެތްތޯ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ވެސް މީހުން ފިލާފައި އެބަހުރި ކަމަށެވެ. އައްމަޓީ ފިލުމުގެ ކިހާ މިންވަރުގެ ފުރުސަތެއް އެބައޮތްތޯ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އައްމަޓީގެ އެފަދަ ރެކޯޑު އެބައޮތް ކަމަށެވެ. އަދި ހައި ކޯޓުން ވެސް އެގޮތަށް ނިންމާފައި އޮތުމުން އޭނާ ދޫ ނުކުރަން ދައުލަތުން އެދުނެވެ.
ރައްދުގައި ނިހާޔަތު ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް މީހުން ފިލައިގެން ދެވޭ ނަމަ އެކަމުން އެނގެނީ ދައުލަތުގެ ނާގާބިލްކަން ކަމަށެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައި އޮއްވާ ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ދިޔަ ބޭފުޅަކު ރާއްޖެ ގެނައުމަށްފަހު މިހާރު ހުންނެވީ ގޭގައި ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި އައްމަޓީއާ މެދު ފެށުނީއްސުރެން ފެށިގެން ދައުލަތުން ތަފާތު އުސޫލަކުން އަމަލުކުރާ ކަމަށް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައަށެވެ.
ގާޒީ ހަސަން ވިދާޅުވީ ޝަރުތުތަކާ އެކު އައްމަޓީ ދޫކޮށްލަން ނިންމެވީ ކަމަށެވެ. އަދި ކޯޓުން ކުރި ޝަރުތުތައް ދެ ފަރާތަށް އަންގަވާނެ ކަމަށް ވިދާޅުވެ، އެ މަޖިލިސް ނިންމަވާލެއްވި އެވެ.
އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރެއް
އައްމަޓީއަށް ކުރާ ދައުވާތައް ކޯޓުން ބޭރެއް ނުކުރި
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
ޖިނާއީ ދައުވާ ނުކުރާނެކަމަށް ސަރުކާރުން ބުނި: އައްމަޓީ
އައްމަޓީި ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފި
ޝަރުތުތަކާއެކު ވެސް އަންމަޓީ ދުލެއް ނުކުރި
އައްމަޓީ ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު
ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް