18 އެޕްރީލް 2022
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލަ ކޯޓުން ނިމެންދެން، އެ މައްސަލައާ ގުޅިގެން ދައުލަތުގެ އިސް ބޭފުޅުން ޚިޔާލު ފާޅުނުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލަ ކޯޓުން ނިމެންދެން، އެ މައްސަލައާ ގުޅިގެން ދައުލަތުގެ އިސް ބޭފުޅުން ޚިޔާލު ފާޅުނުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޚިޔާނާތުގެ ގިނަ ދައުވާތަކެއް ލިބޭ އައްމަޓީ ބަންދުން ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުން އެގޮތަށް އެންގީ އޭނާ ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގާއި ޓްވިޓާގައި އެކަމަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވާފައިވާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އައްމަޓީގެ ފަރާތުން އެދުމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ ކުށެއް ނެތް މީހަކަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އެހެންވެ، ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އައްމަޓީގެ މައްސަލަ ކޯޓުން ނިމެންދެން އެކަމާ ގުޅިގެން ޚިޔާލު ފާޅު ނުކުރަން އެ އަމުރުގައި އަންގާފައިވެ އެވެ. އެކަމަކު ޕީޖީއަށް އެ އަމުރުގައި ސީދާ އިޝާރާތެއް ނުކުރެ އެވެ.
"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.
މިއީ މިފަދަ އަމުރެއް ރާއްޖޭގެ ކޯޓަކުން ނެރުނު ދެވަނަ ފަހަރެވެ. މީގެކުރިން މިފަދަ އަމުރެއް ނެރުނީ ޓެރަރިޒަމްގެ ދައުވާލިބޭ މުހައްމަދު އަމީންގެ މައްސަލާގައި ސުޕްރީމް ކޯޓުންނެވެ. އެއީ އަމީންގެ ފޮޓޯއެއް އެޑިޓް ކުރުމަށްފަހު އޭނާ އާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ދޭހަވާ ފަދަ ޕޯސްޓެއް މީޑިއާއަކުން އާންމު ކުރުމުންނެވެ.
އައްމަޓީގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
އައްމަޓީ މައްސަލާގައި ޕީޖީ ފާޑުކިޔުން ހުއްޓުވަން އެދެފި
އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރެއް
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް
އައްމަޓީއަށް ކުރާ ދައުވާތައް ކޯޓުން ބޭރެއް ނުކުރި
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީގެ މައްސަލާގެ ހުކުމް މުރާޖައާ ކުރަން އެދެނީ
އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން އަމުރުކޮށްފި
އައްމަޓީ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ