07 އެޕްރީލް 2022
ޚިޔާނާތުގެ އެތައް ދައުވާއެއް އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލީ ހައި ކޯޓުން ނުބައިކޮށް މުއްދަތު ގުނާފައި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޚިޔާނާތުގެ އެތައް ދައުވާއެއް އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލީ ހައި ކޯޓުން ނުބައިކޮށް މުއްދަތު ގުނާފައި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.
އައްމަޓީގެ ބަންދުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ފަހުން ކަމަށް ނިންމައި ހައި ކޯޓުން މައްސަލަ ބޭރުކޮށްލުމުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމްގެ އަމިއްލަ ބްލޮގްގައި މިކަމާ ބެހޭ ގޮތުން ލިޔުއްވާފައިވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ގަޑިއިރުން ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި ހުރި ކަންކަމުގައި 'ގަޑި' ގުނާނެ ގޮތް ނެތް ކަމަށާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ވެސް ގަޑި ގުނާނެ ގޮތް ބަޔާންކޮށްފައި ނެތް ކަމަށް ހައި ކޯޓުން ބުނެފައިވެ އެވެ.
އެހެންވެ ހައި ކޯޓުން ބަލާފައި ވަނީ މީހަކު ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް 24 ގަޑިއިރު އިރު ގުނާ ގޮތަށް 48 ގަޑިއިރު ގުނުމެވެ.
ހައި ކޯޓުގެ މި ނިންމުން ރަނގަޅު ނޫން ކަމުގެ ހުއްޖަތެއްގެ ގޮތުގައި ޝަމީމް ދައްކަވާފައި ވަނީ ޝަރީއަތްކުރުމާ ޖިނާއީ އިޖުރާއާތުގެ ގަވައިދުގެ 169 ވަނަ މާއްދާގެ ހ. އެވެ. އެ މާއްދާގައި އޮންނަނީ؛
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނަމައެވެ."
ޝަމީމް ލިޔުއްވާފައިވާ ގޮތުގައި ދަށު ކޯޓުން އައްމަޓީ ދޫކޮށްލަން ނިންމީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށް ވާއިރު އެއީ 48 ގަޑިއިރު ބަލަން ނުގުނޭނެ ދުވަހެކެވެ. ޖެހިގެން އައި ދެ ދުވަސް ގުނޭނެ ކަމަށާއި އެކަމަކު 23 ވަނަ ދުވަސް އެއީ މުއްދަތު ހަމަވާ ދުވަސް ކަމަށް ވާތީ އެ ދުވަސް ނުގުނޭނެ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.
އެހެންވެ، އޭނާ ވިދާޅުވީ މައްސަލަ ހުށަހެޅި 23 ވަނަ ދުވަހަކީ ސުޕްރީމް ކޯޓުގެ ގަވައިދުގައި އޮތް ގޮތުން މުއްދަތު ތެރޭގައި ހިމެނޭ ދުވަހެއް ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމާބެހޭ މާއްދާއެއް ކަމަށާއި ފުލުހުންގެ ބަންދަށް މީހަކު ލައިގެން 24 ގަޑިއިރުތެރޭގައި ކޯޓަށް ހާޒިރުކުރާ ވާހަކައޮތް މާއްދާއެއް ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއާތާ ގުޅޭ ކަންކަމުގައި މުއްދަތު ގުނާނެގޮތް ގަވާއިދުގައި އެބައޮތް. ޕީޖީ އޮފީހުން، މުއްދަތު އޮއްވާ މައްސަލަ ހުށަހަޅާފައިވޭ. ހައިކޯޓުގެ ނިންމެވުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ. https://t.co/nO2tbqC71U
— Hussain Shameem (@HuShameem) April 7, 2022
"ވީމާ، މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫނެވެ. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތެވެ. އެއީ، ދުވަހުންކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލައެވެ."
ފްލެޓު އެޅުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކަކާއެކުގަ އެވެ.
މީގެ ކުރިން ދެ ފަހަރަށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް، އޭރު އައްމަޓީ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.
މި ފަހަރު ވެސް އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އިއްޔެ އެ މައްސަލަ ބޭރުކޮށްލީ ކޯޓު އަމުރުތައް އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރު ހަމަވިތާ އެއް ދުވަސް ފަހުން ކަމަށް ނިންމާފައި ކަމަށް ވިޔަސް ދައުލަތުން ކޯޓުގައި ބުނެފައިވަނީ 48 ގަޑިއިރުގެ މުއްދަތު ދައުލަތުން ގުނަމުން އަންނަނީ އެކަމެއް ފެށޭ ދުވަސް ނުވަތަ އެ ނިންމުން ކޯޓުން ނިންމާ ދުވަސް ނުހިމަނާ ކަމަށެވެ. އެގޮތަށް މުއްދަތު ގުނުމުން އިސްތިއުނާފް މުއްދަތު ހަމައެއް ނުވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ދުވަސް ގުނުމުގައި އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ނުގުނޭނެ ކަމަށް ގާނޫނުގައި އޮތަސް، ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ގާނޫނުގައި ނެތް ކަމަށެވެ. އަދި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމުމުގައި ވެސް މިހާތަނަށް ކޯޓުތަކުން ގަޑިއިރު ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށް އެ ހުކުމުގައިވެ އެވެ. އެ އުސޫލުން މިފަދަ އަމުރުތަކުގެ އިސްތިއުނާފް މުއްދަތު ވެސް ގުނަން ޖެހޭނީ އެ އުސޫލުން ކަމަށް ހުކުމުގައިވެ އެވެ.
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
އައްމަޓީ ފުރަން ހުއްދަ ދިން މައްސަލަ އިސްތިއުނާފްކުރަނީ
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ނުބެލި
ކުރީގެ ފަނޑިޔާރު ސަމީރު ޑެޕިއުޓީ ޕީޖީއަކަށް
ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭއެއް ނޯންނާނެ: ހައި ކޯޓް
"ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަ ޕީޖީ ދެއްކެވި"
އަންމަޓީ ދޫކޮށްލުމުން ގާޒީއަށް ޕީޖީގެ ބަހުގެ ހަމަލާއެއް
"އަމީން ދޫވީ ޓެރަރިޒަމް މައްސަލައިގައި ސީރިއަސްނުވާތީ"
އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ