Roadha Mihaaru
އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދިއްޖެ

07 ޑިސެމްބަރ 2023

ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ހައި ކޯޓަށް ހުށަހަޅައި، އަދި އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން މިއަދު އެދިއްޖެ އެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް އޭނާ ފުރުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ހުއްދައަކަށް އެދުމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްމަޓީ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ 20 ދުވަހުގެ މުއްދަތަކަށެވެ.

އެ މައްސަލާގައި އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ.