26 ޑިސެމްބަރ 2023
ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ދިވެހި ކުންފުންޏަކުން ހޯދާފައި އޮއްވައި، އެހެން ކުންފުންޏަކުން އެ މުދާ ރާއްޖެ އަށް އެތެރެކޮށް އެއިން ވިޔަފާރިކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ދިވެހި ކުންފުންޏަކުން ހޯދާފައި އޮއްވައި، އެހެން ކުންފުންޏަކުން އެ މުދާ ރާއްޖެ އަށް އެތެރެކޮށް އެއިން ވިޔަފާރިކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ "ކެމަލް" ބްރޭންޑުގެ ސިނގިރޭޓުގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާގެ ގޮތުގައި އެ ބާވަތް ފާއިތުވި 20 އަހަރު ރާއްޖެ އަށް އެތެރެކުރަމުން ދަނިކޮށް، އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏަކުން ދާދިފަހުން އެ ބްރޭންޑުގެ ކައުންޓަފިޓު (ފޭކް) މުދާތަކެއް ރާއްޖެ އަށް ގެނެސްފައިވާ ކަމަށެވެ.
އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ވަނީ ސީޖީޓީން ގެންނަ މި މުދަލުގެ ނަމާ ވައްތަރުގެ ނަމެއް ބަޔާންކޮށްގެން އޮޅުވާލައިގެން އެ ބްރޭންޑުގެ މުދާތަކެއް ރާއްޖެއަށް ގެނެސްފައި ކަމަށް އެ މައްސަލައިގައި ބުންޏެވެ.
އަދި އެގްޒޮޓިކް އިން އެތެރެކޮށްފައިވާ މުދަލުގެ ބޭރުގައި ހުންނަންޖެހޭ ލޭބަލްތަކާއި އިންޒާރުތަކުގައި ވެސް ތަފާތުތަކެއް ހުރި ކަމަށާއި، އެ ބްރޭންޑު އުފައްދާ މައި ކުންފުނިން ނުއުފައްދާ އަދި ނުވިއްކާ އެ ބްރޭންޑު ނަމުގައި ހުންނަ މުދަލަކީ ފޭކު ނޫން މުދަލެއް ކަމުގައި ނުވާނެ ކަމަށް ސީޖީޓީން ވަނީ ބުނެފަ އެވެ.
އެފަދަ ބޮޑު އޮޅުވާލުމެއްގެ ތެރެއިން، އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ލިބިފައިވާ މުދަލެއްގެ ފޭކު ބާވަތެއް އެހެން ބަޔަކު ރާއްޖެ އަށް ގެނެސް ވިއްކައިފި ނަމަ، ސީޖީޓީ އަށް ކަސްޓަމަރުން ކުރާ އިތުބާރު ގެއްލި، އިޔާދަނުކުރެވޭ ގެއްލުން ލިބޭނެ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
ސީޖީޓީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އެގްޒޮޓިކް ކުންފުނިން އެ ފޭކު މުދަލުގެ 200 ކޭސް އެތެރެކޮށް، ބޮންޑަޑް ވެއާހައުސެއްގައި ބަހައްޓާފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން 10 ކޭސް ކްލިއާކޮށްފައިވާ ކަމަށެވެ.
އެހެންވެ، ސީޖީޓީން ސިވިލް ކޯޓުގައި އެދުނީ ބާކީ 190 ކޭސް ކްލިއާކުރުން ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ސީޖީޓީން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު އިއްޔެ ނެރުއްވި އަމުރުގައި ވަނީ ރާއްޖެ އަށް އެތެރެކޮށްފައިވާ މުދަލުގެ އަސްލުކަމާ މެދު ސުވާލު އުފެދިފައިވާތީ އެ މުދަލުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެގްޒޮޓިކް ކުންފުންޏަށް އަމުރުކޮށްފަ އެވެ.
ރާއްޖެއަށް އެތެރެކޮށްފައިވާ މި މުދަލުން އެއްވެސް ބައެއް ކްލިއާނުކޮށް ހުރި ނަމަ، އެ މުދާ ކްލިއާ ކޮށްދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކަސްޓަމްސްގެ މައްޗަށް އަމުރުކޮށްފައިވާ އިރު، އެ މުދާ ރާއްޖޭގައި ވިއްކާ ނަމަ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
ކޮޅުވެއްޓީގެ މައްސަލާގައި 1.1 މިލިއަން ދޭންޖެހިއްޖެ
ވަގަށް އެތެރެކުރި 22 ވެހިކަލް ދައުލަތަށް ނަގައިފި
ބިގަށާއި ސީޖީޓީއަށް ފައިސާ ދޭން ޖެހުނު ގޮތް ބަލަނީ
22 މިލިއަން ނެގީ ބޮންޑެޑުގެ މަރުހަލާތައް ނުނިމޭތީ
މައުސޫމްގެ ކުންފުންޏަކަށް 22 މިލިއަން ދޭން ޖެހިއްޖެ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
ވެއާ ހައުސެއް ބަންދު ކުރުމުން ބަދަލު ދޭން ޖެހިއްޖެ
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ބިން ވިއްކާ މައްސަލަތަކުގައި އަގު ސިއްރުކުރަނީ